ads
ސޯސަންމަގު އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި ތ. ދިޔަމިގިލި، އައްސޭރި، މާހު ހަސަން
ސޯސަންމަގު އެކްސިޑެންޓް؛ ސައިކަލް ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މިދިޔަ މަހުގެ 20 ވަނަ ދުވަހުގޭ ދަންވަރު ސޯސަންމަގުގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހައިފި އެވެ.
Advertisement

އެކްސިޑެންޓްގައި އަނިޔާވި 26 އަހަރުގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، އެކްސިޑެންތް ހިނގިތާ ފަސްދުވަސް ފަހުން ވަނީ ނިޔާވެފަ އެވެ. 

މި މައްސަލާގައި މިިދިޔަ 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ތ. ދިޔަމިގިލި، އައްސޭރި، މާހު ހަސަން އެވެ. އޭނާއަކީ މި އެކްސިޑެންޓްގައި ނިޔާވި އަންހެން މީހާ އިން ސައިކަލްގައި ޖެހުނު ސައިކަލް ދުއްވަން އިން މީހާ އެވެ. 

މީނާގެ ބަންދަށް ކޯޓުން ފުރަތަމަ ޖަހާދިނީ 15 ދުވަހެވެ. އެ މުއްދަތު ހަމަވުމުން އަލުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާދީފަ އެވެ. މީނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫންކަމަށް ފުލުހުން ވަނީ ބުނެ އެވެ.  

ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން  އެ އެކްސިޑެންޓު ހިނގީ މި ޒުވާނާ ބާރު ސްޕީޑްގައި، ޒިގްޒެގްކޮށް ނުރައްކާތެރިކޮށް ދުއްވަނިކޮށް އެހެން ސައިކަލްގައި ޖެހިގެންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް