ads
މިދިޔަ ސަރުކާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
އަސްލަމްގެ ތާއީދު ފައިސަލް ނަސީމާއި އާޒިމަށް
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދަވަން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ތާއިދުކުރަން ނިންމެވިކަން މިދިޔަ ސަރުކާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއުލާން ކުރައްވައިފި އެވެ.
Advertisement

އެމްޑީޕީގެ ޓިކެޓް ހޯއްދަވަން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިމްމެވިކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް އިއުލާން ކުރެއްވީ މިއަދު އެވެ. ފައިސަލްގެ ރަނިންމޭޓަކަށް ހަމަޖައްސަވަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އެވެ. 

ފައިސަލްގެ ނިންމެވުމަށް ތާއިދުކުރައްވާކަން އެކްސްގައި ހާމަކުރައްވަމުން މިދިޔަ އެމްޑީޕީ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުކަން ކުރެއްވި އަސްލަމް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައިސަލް، އަދި ރަނިންމޭޓެއްގެ ގޮތުގައި އަޒީމަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށެވެ. 

އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ގާއިމުކުރެވިފައިވާ އުމްރާނީ ވަސީލަތްތަކުގެ ބޭނުން އެންމެ ހަރުދަނާ ގޮތުގައި ހިފައި، އެމްޑީޕީގެ އިގްތިސާދީ ލާމަރުކަޒީ ތަސައްވުރު ހަގީގަތަކަށް ހަދައި، ގައުމުގެ އިގްތިސާދު އަލުން ހަމަމަގަށް އެޅުވުމުގެ ގާބިލުކަން އެބޭފުޅުންގެ ކިބައިގައި ހުރިކަމަށް ގަބޫލުކުރައްވާކަމަށް އަސްލަމް ވިދާޅުވި އެވެ.

ފައިސަލް ނަސީމް މިއަދު ވިދާޅުވީ، ޕްރައިމަރީގައި ވާދަކުރުމުގެ އަޑުތައް އެރިތާ ދުވަސްތަކެއް ވިޔަސް ރަސްމީކޮށް އެކަން އިއުލާން ކުރުން ލަސްވެގެން ދިޔައީ، އެކަމާ ގުޅޭގޮތުން މަޝްވަރާތައް ކޮށް ރާއްޖޭގެ މަސްރަހު އޮތް ގޮތް ދިރާސާ ކުރުމަށް ކަމަށެވެ.

"އަޅުގަނޑު ނިންމައިގެން މި ހުރީ ﷲ އިރާދަކުރެއްވިއްޔާ 2028 ގައި މި އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކުރިއަށް މި އޮތް ރިޔާސީ ޕްރައިމަރީގައި ބައިވެރިވެ، ވާދަ ކުރަން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ވަރަށް ބޮޑަށް މަޝްވަރާ ކުރައްވައި އެ މަނިކުފާނުގެ ވަރަށް ބޮޑު އެއްބާރުލުމެއް އޮވެގެން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް