ads
މަހިބަދޫ ކައުންސިލް ބައެއް މެންބަރުން
އަކަފޫޓެއް ރުފިޔާއެއްގެ މަގުން މަހިބަދޫ ބީޗު ކުއްޔަށްދޭންއުޅޭކަމުގެ އަޑުތަކާއެކު އޭސީސީން ތަހުގީގެއް
އަކަފޫޓަކަށް އެއް ރުފިޔާގެ މަގުން އދ. މަހިބަދޫގެ ބީޗު ސަރަޙައްދު ވަކި ބަޔަކަށް ކުއްޔަށްދީގެން ނުހައްޤުން މަންފާ ހޯދައިދިނުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތުތަކާއެކު، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާއްސަ ތަހުގީގެއް ފަށައިފި އެވެ.
Advertisement

އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އަލަށް އިންތިހާބުވި މަހިބަދޫ ކައުންސިލުން ދަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް، ރަށުގެ ވަކި ބަޔަކަށް ބިން ދިނުމުގެ ބޭނުމުގައި ހޭޅިފަށުން އެކި ސަރަޙައްދުތައް ގަވާއިދާއި ގާނޫނާ ހިލާފަށް އަކަފޫޓެއް 1 ރުފިޔާގެ މަގުން ދޫކުރުމަށް ތައްޔާރުވަމުންނެވެ.

މަހިބަދޫއަކީ ބިން ފުރިފައިވާ ރަށަކަށް ވާއިރު، ގަވާއިދާ ހިލާފަށް ވަކި ބަޔަކަށް ބީޗު ސަރަޙައްދުން ބިންތަކެއް ދޫކުރަން އުޅޭ މައްސަލައިގައި އެ ރަށުގެ އެތައް ރައްޔިތުންނެއް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މަހިބަދޫ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. ކައުންސިލުގެ ނައިބު ރައީސަކު ނުހޮވިގެން 48 ގަޑިއިރު ތެރޭގައި 6 ޖަލްސާ ބާއްވަން ޖެހުނީވެސް މި ކައުންސިލުގައިކަން ފާހަގަކޮށްލެވެ އެވެ.

މިއަޑުތަކާ ގުޅިގެން ކައުންސިލުން ރަސްމީކޮށް އަދި ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް