ފުލުހުން ބުނީ ވިލިމާލެއާ ދިމާ ބޭރުން ހިނގި މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:50 އެހައިކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި ދެމީހަކަށް އަނިޔާވެފައިވާއިރު އެއީ ލޯންޗުގެ ކެޕްޓަނަށާއި އޭގެ ފަޅުވެރިއެއްކަމަށް ފުލުހުން ބުނެ އެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ. އެހެންނަމަވެސް ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.