ads
މަސްވެރިން: ފޮޓޯ ކެޔޮޅު
އަންހެން މަސްވެރިޔާގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަހަރު މުޅިން އަލަށް ދޭ އަންހެން މަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
Advertisement

އެ މިނިސްޓްރީން ބުނީ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ހަތަރު އެވޯޑެއް ދިނުމަށް ނިންމާފައިވާކަމަށެވެ. އެއީ ކެޔޮޅުންގެ އެވޯޑާއި ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު އަދި އަންހެން މަސްވެރިޔާގެ އެވޯޑުކަމަށް މިނިސްޓްރީން ބުނެ އެވެ. މި އެވޯޑްތައް ދިނުން އޮންނާނީ މަސްވެރިންގެ ދުވަސް ފާހަގަކުރަން މާލޭގައި ބާއްވާ ހަފްލާގައިކަމަށް މިނިސްޓްރީން ބުނެ އެވެ. 

މި ފަހަރު ދޭ އެވޯޑްތައް

  • މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)؛
  • މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)؛ އަދި
  • އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު.
  • މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު.

މިނިސްޓްރީން ބުނީ މި ހަތަރު އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލުމަށް ބޭނުންވާ، ފަރާތްތަކުން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 29 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށައަޅަން ޖެހޭނެކަމަށެވެ. އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމުތައް މިނިސްޓްރީގެ ވެބްސައިޓް www.fishagriocean.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެކަމަށް މިނިސްޓްރީން ބުނެ އެވެ. 

މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅިދާނެކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. އަދި އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected]  އަށް ފޮނުއްވުން މިނިސްޓްރީން ވަނީ އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް