ރޭ އެކްސިޑެންޓް ހިނގީ ގަވައިދާ ހިލާފަށް ތިން މީހުން އަރައިގެން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެންނެވެ.
ފުލުހުން ބުނީ އެކްސިޑެންޓްގައި އަނިޔާވި 5 މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މިހާރު އައިޖީއެމްއެޗަށް ބަދަލުކޮށްފައި ވާ ކަމަށެވެ.
މި ހާދިސާގއަި ތިން މނީހުން ދުއްވި ސައިކަލް ގޮސް ޖެހުނު ސައިކަލްގައި ތިބީ ދެބެންގެ ދެދަރި ދެ ފިރިހެނުންނެވެ. އެ ދެ ޒުވާނުންނަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗް އައިސީޔޫގައި އެވެ.
އޭގެތެރެއިން އެ ޒުވާނެއްގެ ބޮލަށް ލިބުނު އަނިޔާގައި ސިކުނޑިއަށް ލޭ އެޅިގެން އޮޕަރޭޝަނެެއް އަންނަނީ ކުރަމުން ނެވެ. އަދި އަނބެއް ޒުވާނާގެ މޫނަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު އެ ޒޫވާނާގެ މޫނު ދުޅަވެފައިވުމުން ކުރަންޖެހޭ އޮޕަރޭޝަންތައް ނުކުރެވިފައިވާކަމަށް އާއިލާއިން ބުނެ އެވެ. އަދި އެ އޮޕަރޭޝަންތައް ކުރެވޭނީ މޫނު ދުޅަ ތިރިވުމުންކަމަށްވެސް އާއިލާއިން ބުނެ އެވެ.
އެކްސިޑެންޓްވީ ތިން މީހުން އަރައިގެން ބާރު ދުވެލީގައި ގަވާއިދާ ހިލާފަށް ދުއްވި ސައިކަލެކެވެ. އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އެއްކޮލަށް ދުއްވާ މަގުތަކުން އިދިކޮޅަށް ވަދެގެން ގަވާއިދާ ހިލާފަށް ބާރު ދުވެލީގައި ދުއްވަމުން ދިޔަ ދެ ސައިކަލުގެ ފަހަތުން ފުލުހުންގެ ކާރެއް ދާން ފެށުމުން، ފުލުހުންނަށް އަތުނުވެ ފިލަން އުޅުމުގެ ތެރޭގަ އެވެ.
ފުލުހުން ބުނީ ތިން މީހުން އަރައިގެން ދުއްވި ސައިކަލަކީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލެއްކަމަށެވެ. އަދި އެ ސައިކަލް ދުއްވަން އިން މީހަކީ ވެހިކަލް ދުއްވުމުގެ ލައިސަންސް ވެސް އޮތް މީހެއް ނޫންކަމަށްވެސް ފުލުހުން ބުނެ އެވެ. އަދި އެމީހާ ޓްރެފިކަާއި ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތަކުގެ އަދަދު އުޅެނީ ލައްކައިން މަތީގައި ކަން ވަނީ އެނގިފައެވެ.
އެ ސައިކަލްގައި ތިބީ ދެ ފިރިހެނަކާއި އަންހެނެކެވެ.