ads
ސޯޝަލް މީޑިއާ އިންފްލުއެންސަރު އަދި ފިޓްނަސް އިންސްޓްރަކްޓަރު ފާތިމަތު ނަވާ
ނަވާއަށް ތިން މަސް ވަންދެން ފާރަލައި ފުރައްސާރަކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި
ސޯޝަލް މީޑިއާ އިންފްލުއެންސަރު އަދި ފިޓްނަސް އިންސްޓްރަކްޓަރު ފާތިމަތު ނަވާއަށް ތިން މަސްދުވަސް ވަންދެން ފާރަލައި ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
Advertisement

މި މައްސަލަ ފެންމަތިވެފައިވަނީ ނަވާ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަނީ ސިނަމާލެ ބުރިޖުގެ ހިނގާ މީހަކު މީހަކު އޭނާގެ ފަހަތުން އުޅެނިކޮށް ހުއްޓުވައި، ފާރަލައި ފަހަތުން ހިނގަނީ ކީއްވެތޯ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރެ ސުވާލުކުރާ މަންޒަރެވެ. 

އަދި ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެމީހާ އޭނާ ފަހަތުން ދިޔަ އެކި ތަންތަނުގެ ތަފްސީލުތައްވެސް އެމީހާއަށް ނަވާ ކިޔައިދެމުން ދިޔަ އެވެ. މީގެއިތުރުން، އެ ހާދިސާއަށްފަހު ފުލުހުންގެ މަރުކަޒަށް ގޮސް އެ މައްސަލަ ހުށަހަޅާ މަންޒަރުވެސް އެ ވީޑިއޯގައި ހިމަނާފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ނަވާ ބުނީ އެ މީހާއާ ކުރިމަތިލީ ފުރައްސާރައަށް އިތުރަށް ކެތްނުވެގެން ކަމަށެވެ. އެހެންވެ، ފުލުހުންގެ 119 އަށް ގުޅައި އެކަން ރިޕޯޓުކުރަން މަސައްކަތްކުރުމުން ފުލުހުން ވަނީ އެތަނަށް ދިޔުމަށް އެދިފައި ކަމަށެވެ. 

ނަވާގެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ މައްސަލަ އޭނާ ރިޕޯޓުކުރީ މިއަދުގެ ހެނދުނު ހެންވޭރު ޕޮލިހަށެވެ.

ޒުވާން ނަވާގެ މި ވީޑިއޯ ވައިރަލްވުމާއެކު ގިނަ ބަޔަކު އަންނަނީ އޭނާގެ ހިތްވަރަށް ތައުރީފް ކުރަމުންނެވެ. މަގުމަތިން ފޮށި އެގޮތަށް ދިމާކުރާ ނަމަ، އެކަމާ ދެކޮޅަށް ތެދުވާން ޖެހޭނެ ކަމަށާއި އެ ފަދަ މައްސަލަތައް ހުއްޓުވޭނީ އެކަން ރިޕޯޓުކޮށްގެން ކަމަށް ވެސް ވީޑިއޯއަށް ކޮމެންޓު ކުރި ބައެއް މީހުން ބުނެ އެވެ.


86%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް