ads
ތައިލެންޑުން މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ދެ ދިވެއްސަކާއި އެ ތަކެއްޗާ އެކު ފުލުހުން ފޮޓޯއެއް ނަގަނީ - ފޮޓޯ: ތައި ޕޮލިސް
މަސްތުވާތަކެއްޗާ އެކު ބެންކޮކުން ދެ ދިވެއްސަކު ހައްޔަރުކޮށްފި
ތައިލެންޑުގެ ވެރިރަށް ބެންކޮކުން 2.37 ކިލޯގެ ކްރިސްޓަލް މެތް (އައިސް) އާއި 10 ކިލޯގެ ކެނަބިސްއާއެކު ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
Advertisement

މި މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ހައްޔަރުކުރީ 46 އަހަރުގެ އަލީ ރަޝީދު ކިޔާ މީހަކާއި 34 އަހަރުގެ މުހައްމަދު ވިސާމް ކިޔާ މީހެކެވެ. 

އެ ދެ މީހުން ތަހުގީގުގައި ބުނެފައި ވަނީ ޕާރުސަލްތަކުގައި މަސްތުވާތަކެތި ހުރިކަން އެމީހުންނަށް ނޭނގޭ ކަމަށާއި އެއީ ރައްޓެއްސަކު ބުނެގެން ކާގޯ ކުރަން ފޮނުވި ސާމާނު ކަމަށެވެ. އެ ޕާރުސަލްތަކުން ނުބައި ވަހެއް ދުވާ ކަމަށް ބުނެ ކާގޯ އޮފީހުން ތަކެއްޗާ ހަވާލު ނުވި ކަމަށާއި އެހެންވެ އެ ތަކެތި ގެންގޮސް އެމީހުންގެ ކޮޓަރީގައި ބެހެެއްޓީ ކަމަށް ބުންޏެވެ. 

މިކަމުގައި އިތުރު ބަޔަކު ބައިވެރިވޭތޯ ބެލުމަށް ތައިލޭންޑުގެ ފުލުހުން ތަހުގީގެއް ހިންގަމުން އަންނަ ކަމަށް ވެސް ނޫސްތަކުގައި ބުންޏެވެ. 

ތައިލެންޑަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާ ގައުމެކެވެ. އެ ގައުމުގެ ގާނޫނުތަކުގައި ކެޓަގަރީ އެކެއްގެ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލަތަކުގައި އުމުރުދުވަހުގެ ޖަލު ހުކުމް ނުވަތަ މަރުގެ އަދަބު ވެސް ކަނޑައެޅުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގުގައި މި ދެ މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް