ads
ފުލުހުން ނުކުމެ މަގުމަތި ބަލަހައްޓަނީ
އާގާނުނަށް 7 ދުވަސް ،35 އެކްސިޑެންޓް 183 ވެހިކަލް ޓޯކޮށްފި
އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް އަމަލުކުރަން ފެށިތާ މިވީ ހަތްސުވަހުގެ ތެރޭގައި 600ވުރެ ގިނަ މީހުންނަށް ފިޔަވަޅު އަޅާ 180 ވުރެ ގޮނަ ވަހިކަލް ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

2009 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނެސް ބޮދެތި ޖޫރިމަނާގެ އަދަބު ތައް ހިމަނާ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. 

ފުލުހުން ބުނީ އެދުވަހުގެ ފަހުން މިހާތަނަށް 35 އެކްސިޑެންޓް ހިނގާފައިވާކަމަށެވެ. އަދި 653 މީހަކާމެދު ފިޔަވަޅު އަޅާފައިވާކަމަށާއި މިހާތަނަށް ޖުމްލަ 183 އުޅަނދު ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ. އެެހެންނަމަވެސް އެޅި ފިޔަވަޅުތަކުގެ ތަފްސީލެއް ފުލުހުން އަދި ނުބުނެ އެވެ. އަދި ޓޯކުރީ ކިތައް ސައިކަލްކަމެއްވެސް ފުލުހުންނު ބުނެ އެވެ.

އާ ގާނޫނގައިވާ ގޮތުން ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދެއް ދުއްވުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެކަމަށް ވަނީ ހިމަނައިފަ އެވެ.

ގާނޫނުގައި މި ކުށަށް ދީފައިވާ އަދަބުތައް 

  • ކުށުގެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައ،ި ކުށްކުރި ފަރާތެއް 25,000 ރުފިޔާއާއ،ި 100,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން 
  • ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ އެ ކުށުގެ އަދަބަކ،ީ އެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައ،ި ކުށްކުރި ފަރާތެއް 100,000 ރުފިޔާއާއ،ި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
  • ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ނުވަތަ މީހަކު މަރުވެއްޖެނަމަ އެ ކުށްކުރި މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލިދާނެ 

މީގެއިތުރުން ކުށްކުރި މީހާއަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 5 އަހަރުދުވަހާއި 10 އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ބާތިލުކޮށ،ް އެ މީހެއްގެ ލައިސަންސް ބާތިލުކުރުމުގެ ބާރުވެސް ވަނީ ގާނޫނުގައި ދީފަ އެވެ. އަދި އެ މީހަކީ ލައިސަންސް ނެތް މީހެއް ނަމަ އޭނާއަށް ލައިސަންސް ހޯދަން 5 އަހަރުދުވަހާއި 10 އަހަރުދުވަހާ ދެމެދުގެ މުއްދަތަަކަށް ހުށަނޭޅޭނެކަމަށްވެސް ގާނޫނުގައި ވެއެވެ. 

އަދި ކުށްކުރި މީހާގެ އެއްގަމު އުޅަނދު ލައިސަންސް ބާތިލުކޮށްފައިވާނަމަ އަުން އޭނާއަށް ލައިސަންސް ހެދޭނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް އަލުން ފާސްވެގެންކަމަސްވެސް ގާނޫނުގައި ވެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް