އަޒާން މިފަދައިން ވިދާޅުވިއިރު، ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.
ހިންގުމުގެ އޮނިގަނޑެއް އެކަށައަޅައި، ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ޔަގީން ކުރުމަށް ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ މައިގަނޑު އެއް ކަންކަމަކީ "އިންތިހާބީ ދައުރުގައި ސިޔާސީންގެ ރިކޯލްއެއް ނެގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ހޯދުން"
ހުށަހެޅުން:
ނަތީޖާ:
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އީ-ޕެޓިޝަނަކާ ގުޅިގެން ކޮމިޓީގައި ވާހަކަދައްކަވަމުން އަޒާން ވިދާޅުވީ، ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ރައްޔިތުން އިންތިޚާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދީފައިވާ ކަމަށާއި، މިސާލަކަށް ޔޫކޭ ފަދަ ގައުމުތަކުގައި ވެސް ވަކި ހާއްސަ ހާލަތްތަކެއްގައި އެ ފުރުސަތު ރައްޔިތުންނަށް އޮންނަ ކަމަށެވެ.
މެންބަރުން މަގާމުން ވަކިކުރެވޭނެ ފަދަ "ރީކޯލް އެކްޓެއް" އެކުލަވައިލުމަކީ ސަރުކާރުގެ ވަޢުދެއްކަން ފާހަގަކުރައްވަމުން، މި ދައުރުގެ ތެރޭގައި އެފަދަ ބިލެއް މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިޢުލާންކުރައްވާފައިވާ ކަމަށް އަޒާން ވިދާޅުވި އެވެ.