ads
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށްދާ މީހުންނަށް އެ މީހަކާ އެންމެ ކައިރި ޞިއްޙީ މަރުކަޒަކުން އިތުރު އަގަކާ ނުލައި، ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެއްސުން
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދާ މީހުންނަށް ހިލޭ ވެކްސިން ޖެހޭނެ ގޮތް ހަދައިފި
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށްދާ މީހުންނަށް އެ މީހަކާ އެންމެ ކައިރި ސިއްހީ މަރުކަޒަކުން އިތުރު އަގަކާ ނުލައި، ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
Advertisement

އެއްވެސް އަގަކާ ނުލައި ވެކްސިން ޖެހުމުގެ އިންތިޒާމު މީގެކުރިން ހަމަޖެހިފައިއޮތީ މާލެ ސިޓީގައި އެކަންޏެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހައްޖުވެރިންނަށް ދެއްވި ޔަގީންކަމާ އެއްގޮތަށް، ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ އަންނަ ނޮވެމްބަރު އުމްރާއިން ފެށިގެން، މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުންވެސް، އިތުރު އަގަކާނުލައި ވެކްސިން ޖެހޭނެ މަގު ފަހިކޮށްދީފަ އެވެ.

މާލެ ސިޓީގައި ދިރިއުޅޭ މީހުންނަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ މާފަންނު އަރބަން ޕްރައިމަރީ ހެލްތު ސެންޓަރުގައި އެވެ. އަދި މާލެ ސިޓީ ފިޔަވައި އަތޮޅުތެރޭގެ ރަށްރަށުން ވެކްސިން ޖަހަން ބޭނުންވާ މީހުން އެ މީހަކު ހުރި ސަރަހައްދަކާ އެންމެ ކައިރިން ވެކްސިން ލިބެންހުރި މަރުކަޒަކުން ވެކްސިން ޖެހުމުގެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން ހައްޖު ކޯޕަރޭޝަންގެ ފަހެލި ޕޯޓަލުން "ވެކްސިން ޖެހުމަށް އެދޭ ލިޔުން" ނަގައި، އެންމެ ކައިރީގައިވާ ސިއްހީ މަރުކަޒަކަށް ނުވަތަ ހޮސްޕިޓަލަކަށް ދިއުމުން އިތުރު އަގަކާ ނުލައި ވެކްސިން ޖެހުމުގެ އިންތިޒާމު މިއަދުން ފެށިގެން ވަނީ ހަމަޖެހިފަ އެވެ. އަދި، މި ލިޔުން ބޭނުންކޮސްގެން ސްޓޭޓްފާމާގެ ބޭސްފިހާރަތަކުން، އިތުރު އަގަކާނުލައި އިންފްލުއެންޒާ ވެކްސިންވެސް ލިބޭނެ އެވެ.

"މި ހިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދަނީ ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި ސްޓޭޓް ފާމާއާ ގުޅިގެންނެވެ. މިއީ އުމްރާވެރިންނާއި ހައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެޅުއްވި މުހިއްމު ފިޔަވަޅެކެވެ،" އެ ކުންފުނިން ބުންޏެވެ.

ހައްޖާއި އުމްރާއަށް ދާ ފަރާތްތަކުން ޖަހަންޖެހޭ ވެކްސިންތަކަކީ އިންފްލުއެންޒާ، މެނިންޖައިޓިސް އަދި ޕޯލިއޯ ވެކްސިނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް