ads
ފަތުރުވެރިންތަކެއް އެއާޕޯޓްގައި - ފައިލް ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ޓޫރިސްޓުން އަންނަ އަދަދު އިތުރު، ގަދަ 10 ގައުމު!
މިދިޔަ މަހުގެ ނިޔަލަށް ޓޫރިސްޓުން އައި އަދަދު އިތުރުވިނަމަވެސް މިދިޔަ އަހަރަށްވުރެ އައި މީހުންގެ އަދަދު މަދު ކަމަށް ދައްކައިފި އެވެ.
Advertisement

ތަފާސްހިސާބުތަކަށް ބަލާއިރު 1,177,728 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 349,861 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 36,604 ފަތުރުވެރިން އަދި ސަފާރީތަކުގައި 30,541 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. މީގެ އިތުރުން އެހެނިހެން ތަންތަނުގައި 2,640 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

ޓޫރިޒަމްގެ ގަދަ 10 ގައުމު:

  • ޗައިނާ - 308913 ޓޫރިސްޓުން
  • ރަޝިއާ - 232676 ޓޫރިސްޓުން
  • އިނގިރޭސިވިލާތް - 121239 ޓޫރިސްޓުން
  • ޖަރުމަނު - 101366 ޓޫރިސްޓުން
  • އިޓަލީ - 99106 ޓޫރިސްޓުން
  • އިންޑިއާ - 92366 ޓޫރިސްޓުން
  • އެމެރިކާ - 37885 ޓޫރިސްޓުން
  • އޮސްޓްރޭލިއާ - 37870 ޓޫރިސްޓުން
  • ފްރާންސް - 37398 ޓޫރިސްޓުން
  • ސްޕެއިން - 32800 ޓޫރިސްޓުން

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,595,923 މީހުން ޒިޔާރަތްކޮށްފި އެވެ. މިއީ ފާއިތުވި 2025 ވަނަ އަހަރާ އަޅާބަލާއިރު 3.4 ޕަސެންޓްގެ ދަށްވުމެކެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ދާއިރު، ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަ ކުއްލި ބަދަލުތަކުގެ ނޭދެވޭ ނަތީޖާ ޓޫރިޒަމް އިންޑަސްޓްރީއަށް ދަނީ ފޯރަމުންނެވެ.

ރާއްޖޭގައި ރަޖިސްޓަރީވެފައި ނުވާ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން އަދި އޮންލައިން ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނަގަން ފެށުމުން ބޭރުގެ ޓުއާ އޮޕަރޭޓަރުން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. މިގޮތުން ޓީޖީސްޓީގެ އާ އުސޫލާ މެދު ޔޫރަޕާއި، އިނގިރޭސިވިލާތް އަދި ރަޝިޔާގެ ކަމާ ގުޅޭ ޖަމްއިއްޔާ ޖަމާއަތްތަކުން ވަނީ ނުރުހުން ފާޅުކޮށް އެކަން އިސްލާހު ކުރުމަށް ސަރުކާރުގައި އެދިފަ އެވެ. އަދި އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް (އައިއޭޓީއޯ)އިން ވެސް ވަނީ އަހަރެއްހާ ދުވަހަށް ފަސްކޮށްދޭން ދިވެހި ސަރުކާރުގައި އެދިފަ އެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުން އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް ޓެކްސްއާ ބެހޭ ގާނޫނު މިދިޔަ މަހު ތަސްދީގު ކުރުމާ އެކު ޓޫރިޒަމް ދާއިރާ އާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ބޮޑެތި ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.

އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ އެއަށް ބަދަލުތަކެއް ގެނައުމަށް ކަމަށް އަމީން ވިދާޅުވި އެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މި އަހަރު 2.2 މިލިއަން މީހުން އަންނާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް