ފުލުހުން ބުނީ އެކްސިޑެންޓްގައި އަނިޔާވި 3 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މިހާރު އައިޖީއެމްއެޗަށް ބަދަލުކޮށްފައި ވާ ކަމަށެވެ. އަދި އަނެއް ދެ މީހުން ވެސް އިތުރު ފަރުވާއަށް އަޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެ އެވެ.
އެކްސިޑެންޓްވީ ތިން މީހުން އަރައިގެން ބާރު ދުވެލީގައި ގަވާއިދާ ޚިލާފަށް ދުއްވި ސައިކަލެކވެ. އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އެއްކޮލަށް ދުއްވާ މަގުތަކުން އިދިކޮޅަށް ވަދެގެން ގަވާއިދާ ޚިލާފަށް ބާރު ދުވެލީގައި ދުއްވަމުން ދިޔަ ދެ ސައިކަލުގެ ފަހަތުން ފުލުހުންގެ ކާރެއް ދާން ފެށުމުން، ފުލުހުންނަށް އަތުނުވެ ފިލަން އުޅުމުގެ ތެރޭގަ އެވެ.