ads
ހުސެއިން ޝިފާއު
ވަގު ޓީޓީ ޝަފިއުގެ 109 އަހަރުގެ ހުކުމުގެ އިސްތިއުނާފު މާދަމާ ފަށަނީ
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ މ. ހަނީސަކަލް-1، ހުސެއިން ޝިފާއުގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް މާދަމާ ހައިކޯޓުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
Advertisement

"ކިންގްޑަމް އޮފް ފްރޫޓްސް" މެދުވެރިކޮށް 123,000 އަށްވުރެ ގިނަ ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ އެތެރެކުރި މައްސަލައިގައި އުފުލި 23 ދައުވާ ސާބިތުވެ، މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ 109 އަހަރަށް ޖަލަށްލުމާއެކު 7 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ޖަލުގައި ހުރެގެން ދެވެން ނެތް ސިއްހީ ފަރުވާއެއް ދިނުމަށްޓަކައި، ޖަލުތަކާ ބެހޭ ގާނޫނުގެ ދަށުން ޝިފާއު ވަނީ އެއް މަސްދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައެވެ.

މައްސަލައިގެ ޝަރީއަތް ހިނގަމުންދަނިކޮށް އެގްރިކަލްޗާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އޭނާ އައްޔަންކުރި ނަމަވެސް، ފަހުން ވަނީ މަގާމުން ވަކިކޮށްފައެވެ.

މާދަމާ ފަށާ އިސްތިއުނާފު މައްސަލައިގައި ޝިފާއުގެ ފަރާތުން އެދެނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް