ads
މިނިސްޓަރު އަލީ އިހްސާން
ޕެރޯލް ބޯޑު ހުރިހާ މެމްބަރުން އެއްފަހަރާ ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި ކުރުމުގެ އިސްކޮށް ހުރިކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހީމް (އަބުޗާ) އުމަރަށް ޖަލަށް ލާފައިވަނިކޮށް އޭނާ މިނިވަންކުރި މައްސަލައިގައި ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން އެއް ފަހަރާ ވަކިކޮށްފި އެވެ.
Advertisement

ޖަލު ބަންދުގައި ހުންނަތާ ހަ އަހަރުވެފައިވަނިކޮށް އޭނާ މިނިވަން ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ 

އެކަމާއި ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީޯ ޕެރޯލް ބޯޑުގެ ހުރިހާ މެމްބަރުން މަގާމުން ވަކިކޮށްފައިވާކަމަށެވެ. އެ ހުރިހާ މެމްބަރުން އެއްފަހަރާ ވަކިކުރީ އަބްދުﷲ އިބްރާހިމް ދޫކޮށްލީ ޤާނޫނާ ހިލާފަށް ކަމަށްވާތީ ކަމަށް އިހްސާން ވިދާޅުވި އެވެ. 

ޕެރޯލް ބޯޑު އެކުލެވިގެންވަނީ އެކި މުއައްސަސާތަކުގެ ބޭފުޅުން ހިމެނޭ ގޮތަށް ނުވަ މެންބަރުންގެ މައްޗަށެވެ. 

އިހުސާން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އަބުޗާ ދޫކޮށްލުމުގައި ގަސްދުގައި ކަމެއް ގޯސްކޮށް ކުރުމުގެ އެއްވެސް ނިޔަތެއް ޕެރޯލް ބޯޑުގައި އޮތް ކަމަށް ނުފެންނަކަމަށެވެ. އެހެންކަމުން އެ ބޯޑުން ވަކިކުރި ބޭފުޅުންގެ ނަންތައް ހާމަނުކުރަން ނިންމާފައިވާ ކަމަށް އިހްސާން ވިދާޅުވި އެވެ.  

"އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމަކުން އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ އިންޓެންޝަނަލީ އެއިން އެއްވެސް ފަރާތަކުން ގޯހެއް ހަދާފައި އޮތް ކަމަކަށް އެނގޭތޯ. އެހެންވީމަ އަޅުގަނޑުމެން ގަސްތެއް ނުކުރަން އެބޭފުޅުންގެ ނަންތަކާއި އެ އެއްޗެހި، އެހެންމަވެސް އަޅުގަނޑުމެން ގަބޫލުކުރަނީ މިފަދަ ގާނޫނީ ބައެއް ކަންކަން ބަލަންޖެހޭ ވަރަށް ނުބެލި ކަމަށް ގޮސްފައި އެއޮތީ،" އިހުސާން ވިދާޅުވި އެވެ.

އަބްދުﷲ އިބްރާހިމް ޕެރޯލްގެ ދަށުން ދޫކޮށްފައިވަނީ އޭނާގެ ހުކުމާ ގުޅިގެން އެރި އޮޅުމެއްގެ ތެރެއިން ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވި އެވެ. އެހެންކަމުން އެކަމުގައި ޤާނޫނީ ލަފާ ހޯއްދާ އެ ނިންމުން އަނބުރާ ބަދަލުކުރަން އެންގުމުން އެ ނިންމުން ބަދަލުކޮށް އަންގާރަ ދުވަހު އަބްދުﷲ އިބްރާހިމް އަލުން އަނބުރާ ޖަލު ބަންދަށް ގެންގޮސްފައިވާ ކަމަށްވެސް މިނިސްޓަރު އިހްސާން ވިދާޅުވި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް