މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، 25 މީޓަރު ދިގު 6 މީޓަރު ފުޅާ 3 ޖެޓިއާއި 15 މީޓަރު ދިގު 6 މިޓަރު ފުޅާ 3 ޖެޓީ ހަދާނެކަމަށް އެމްޓީސީސީން ބުނެ އެވެ. މި މި މަޝްރޫއުގެ އަގަކީ 15.98 މިލިއަން ރުފިޔާކަމަށް އެމްޓީސީސީން ބުނެ އެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، މި ޖެތިތައް ބޭނުންކުރާ އާއްމު ރައްޔިތުންނާއި ދަތުރުވެރިންނަށް ވަރަށް ބޮޑު
ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެ އެވެ. މިގޮތުން، ބަނދަރު މަތީ ތޮއްޖެހުން ކުޑަވުމާއި ބޭރުގައި އޮންނަ ލޯންޗަކަށް އަރަން، މަގަތުގައި ހުންނަ އެއް، ލޯންޗުންް އަނެއް ލޯންޗަށް އަރައިގެން އުފުލާން ޖެހޭ ތަކުލީފާއި އުނދަގޫތައްވެސް ނިމުމަކަށް އަންނާނެކަމަށް އެމްޓީސީސީން ބުނެ އެވެ.
މި ގޮތަށް ޖެޓިތައް ހެދުމުން، ބަނދަރު ބޭނުންކުރާ ފަރާތްތަކަށްވެސް އިތުރު ޖާގަ ލިބި، ގިނަ އުޅަނދުތަކަކަށް އެއްފަހަރާ
ޖެޓިއާ ކައިރި ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް އެމްޓީސީސީން ބުނެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އަރައިފައިބާ ދަތުރުވެރިންނަށްވެސް އިތުރު ރައްކާތެރިކަން ލިބޭނެކަމަށް އެމްޓީސީސީން ބުނެ އެވެ.
ޖެޓީ އޮންނާނެ ގޮތްކަމަށް ރައީސް މުއިއްޒު ހިއްސާކުރެއްވި ކުރެހުންތައް
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެ މަގުގެ މިހާރު ނަހާދާ އޮތް ބައި އަންނަ ނޮވެމްބަރަށް ހަދާ ނިންމާލެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.