ސައިންސްވެރިން ކުރި މި ދިރާސާއިން ދައްކާގޮތުގައި، ގިނަ ދުވަސްތަކަކަށް ކާނާ ނުކައި ހުރުމަކީ ހަށިގަނޑުގެ ސެލްތަކަށާއި މުޅި ހަށިގަނޑުގެ ނިޒާމަށް ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާ ކަމެކެވެ.
މި ދިރާސާ ކުރެއްވި ސައިންސްވެރިންނަށް ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، ހަށިގަނޑަށް ސިއްހީ ގޮތުންނާއި ސެލްތަކުގެ ފަރުވާއަށް އެންމެ ބޮޑެތި ފައިދާތައް ލިބެން ފަށަނީ ހަރުކާނާ ނުކައި ތިން ދުވަސް ފުރިހަމަވުމަށް ފަހުގައި ކަމެވެ. އެގޮތުން، ރޯދައަށް ހުންނަތާ ފުރަތަމަ ތިން ދުވަސް ފުރިހަމައަށް ފާހަނައަޅައި ދިއުމަށް ފަހު، ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތްތަކަށް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ބަދަލުތަކެއް އަންނަން ފަށާކަން ދިރާސާއިން ވަނީ ކަށަވަރުވެފައެވެ.
މި ދިރާސާއިން ހާމަވި މައުލޫމާތުތަކުގެ ސަބަބުން، ގިނަ ދުވަހު ރޯދައަށް ހުރުމުން ހަށިގަނޑުގެ ގުނަވަންތަކަށް ކުރާ އަސަރުތަކާ މެދު ސައިންސްވެރިން ދެކޭގޮތް ވަނީ އިތުރަށް ސާފުވެފައެވެ. އަދި މިއީ ހަށިގަނޑުގެ މެޓަބޮލިޒަމް ބަދަލުވެ، ސެލްތަކަށާއި މުޅި ހަށިގަނޑަށް ލިބޭ ސިއްހީ ފަރުވާގެ ފައިދާތައް ދެނެގަތުމަށް ކުރެވުނު މުހިންމު ސައިންސީ ދިރާސާއެކެވެ.