ads
ކެބިން ޕްރެޝަރު ވެއްޓި ބްރިޓިޝް އެއާވޭސްގެ ބޯޓެއް ކުއްލި ގޮތަކަށް ތިރިކޮށްފި
ކުއްލި ހާލަތު: ކެބިން ޕްރެޝަރު ދަށްވެ ބްރިޓިޝް އެއާވޭސްގެ ބޯޓެއް ކުއްލި ގޮތަކަށް ތިރިކޮށްފި
އިނގިރޭސިވިލާތުގެ ލަންޑަނުން އެމެރިކާގެ ޗިކާގޯއަށް ދަތުރުކުރަމުންދިޔަ ބްރިޓިޝް އެއާވޭސްގެ މަތިންދާބޯޓެއްގެ ކެބިންގެ ޕްރެޝަރު ކުއްލިއަކަށް ދަށްވުމާ ގުޅިގެން، އެ ބޯޓު ކުއްލި ގޮތަކަށް ތިރިކުރުމަށްފަހު އަނބުރާ ލަންޑަނަށް ޖައްސައިފިއެވެ. މި ހާދިސާ މެދުވެރިވެފައިވަނީ އެ ބޯޓު އަޔަލޭންޑްގެ މަތިން ދަތުރުކުރަމުންދަނިކޮށެވެ.
Advertisement

މި ހާދިސާގައި ބްރިޓިޝް އެއާވޭސްގެ ބޮއިންގް 777 މަރުކާގެ މަތިންދާބޯޓު ވަނީ ކުރު ވަގުތުކޮޅެއްގެ ތެރޭގައި 28,000 ފޫޓު ތިރިއަށް ފައިބާފަ އެވެ. ކެބިން ޑިޕްރެޝަރައިޒްވުމުގެ ސަބަބުން، އިމަޖެންސީ އުސޫލުތަކުގެ ދަށުން ބޯޓުގެ އޮކްސިޖަން މާސްކްތައް ވަނީ ތިރިވެ، ބޭނުންކުރެވިފަ އެވެ.

މި ކުއްލި ނުރައްކަލުގެ ހާލަތު މެދުވެރިވުމާއެކު، ބޯޓު ދުއްވަން ތިބި ޕައިލަޓުން ވަނީ ވަގުތުން "7700" ޖެނެރަލް އެމަޖެންސީ އިއުލާންކޮށްފަ އެވެ.

ޖެނެރަލް އެމަޖެންސީ އިއުލާންކުރުމަށްފަހު، ޕައިލަޓުން ވަނީ ޗިކާގޯއަށް ކުރަން އޮތް ދަތުރު އަނބުރާ އަނބުރާލައި، އިނގިރޭސިވިލާތުގެ ލަންޑަން ހީތުރޯ އެއާޕޯޓަށް ބޯޓު ރައްކާތެރިކަމާއެކު ޖައްސާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް