ads
ސިނާން
މެމްބަރުކަމުގެ ގޮނޑި ގެއްލުނު ސިނާން މިފްކޯގެ ދަށަށް ބަދަލުކުރި އެގްރޯނެޓް އެމްޑީކަމަށް އައްޔަންކޮށް
ސާބިތު ދަރަންޏެއް އޮވެގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ ގޮނޑި ގެއްލުނު މުހައްމަދު ސިނާން އެގްރޯނެޓް މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފި އެވެ.
Advertisement

އެގްރޯ ނެޓް،  މިފްކޯގެ ދަށަށް ބަދަލުކުރަން ނިންމާ އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މަހުގެ 7 ވަަނަދުވަހު އެވެ. 

މިފްކޯއިން މިއަދު ބުނީ އެކުންފުނީގެ ބޯޑުން ނިންމައިގެން އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި ހިންގަމުން އަންނަ އެގްރޯނެޓްގެ އެމްޑީކަމަށް މުހައްމަދު ސިނާން އައްޔަންކޮށްފައިވާ ކަމަށެވެ. އަދި އެގްރޯނެޓް ގެ ޗެއާމަންކަމަށް މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް އައްޔަންކޮށްފައިވާކަމަށްވެސް މިފްކޯއިން ބުނެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ސިނާނަށް ގެއްލުނުކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މިއަހަރުގެ އޭޕްރިލްމަހުގެ 12 ވަނަ ދުވަހު އެވެ. އޭނާގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ހުކުމާއި އެއްގޮތަށް ދައްކަމުން ނުދިޔުމުގެ ސަބަބުންނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަލުން ކާމިޔާބުކުރަން  ބައި އިލެކްޝަންގައި ވާދަކުރަން ޕީއެންސީގެ ޕްރައިމެރީގެ ސިނާން ވާދަކުރި އެވެ. އަދި ސިނާން ވަނީ އެ ޕްރައިމެރީގައި އޭނާއާ ވާދަކުރި އަހްމަދު ސައީދު ބަލިކޮށް ޕީއެންސީގެ ޓިކެޓްވެސް ހޯދާފަ އެވެ. 

އެހެންނަމަވެސް އިންތިހާބަށް ނަން ހުށައަޅަން އެންމެ ދުވަހަކަށް ވެފައިވަނިކޮށް ސިނާން ވަނީ އިންތިހާބުގައި ވާދަނުކުރަން ނިންމާ ސައީދުގެ ފަހަތަށް އެރިކަން އިއުލާން ކޮށްފަ އެވެ.

އެ ދާއިރާގެ ބައި އިލެކްޝަންގައި ސައީދު ބަލިކޮށް ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ މެމްބަރު އައްޑޫގެ ކުރީގެ މޭޔަރު ސޯދިގުއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް