ads
ޖިންސީ ގޯނާއާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި
ކުޑަކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއްގެ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަކަމަށެވެ. 

ކުޑަކުދިން ހިމެނޭ މި ފަދަ އެހެން މައްސަލަތައް ފަދައިން މި މައްސަލާގައިވެސް  އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ. 

އެނގިފައިވާ ގޮތުގައި ކުޑަކުއްޖާއަށް އޭނާގެ ބޭބެ ޖިންސީ ގޯނާ ކުރި މަންޒަރު ވަނީ ވީޑިއޯކޮށްފަ އެވެ. އަދި ބައެއް ވީޑިއޯތައް އާއްމުވެފއިވާކަންވެސް ވަނީ އެނގިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް