ads
އަބުޗާ
ޑްރަގު މައްސަލައެއްގައި އުމުރަށް ޖަލަށްލާފައި ހުރި އަބުޗާ މިނިވަންކޮށްފި
އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގި ކަމަށް ފުލުހުން ތުހުމަތުކުރި އަދި 80 ކިލޯއަށްވުރެ ގިނަ ޑްރަގު ރާއްޖެއަށް އެތެރެކުރި މައްސަލައިގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލް ބޯޑުގެ ނިންމުމަކުން މިނިވަންކޮށްފި އެވެ.
Advertisement

އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި، ޕެރޯލް ބޯޑުން އޭނާ ދޫކޮށްލަން ނިންމުމާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު އަބުޗާ ވަނީ ޖަލުން މިނިވަންވެފަ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިންވެސް ވަނީ ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލިކަން ކަށަވަރުކޮށްދީފަ އެވެ. 

ނަމަވެސް، އޭނާ ދޫކޮށްލީ ކޮންކޮން ޝަރުތުތަކަކާއެކު ކަމެއް އަދި އެ ނިންމުން ނިންމި ސަބަބުގެ ތަފްސީލެއް ކަރެކްޝަންސްއިން ހާމައެއް ނުކުރެ އެވެ.

އަބުޗާ ހައްޔަރުކޮށްފައިވަނީ ނޮވެމްބަރު 2020 ގައެވެ. އޭނާގެ މައްޗަށް ދައުލަތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް އުފުލުމުން، އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއްގައެވެ.

ދެ ދައުވާއަށް ގާނޫނީ ގޮތުން 50 އަހަރުގެ ޖަލު އަދަބެއް އަންނައިރު، އިއުތިރާފު އެއްބަސްވުމުގެ ދަށުން އަދަބު ވަނީ 25 އަހަރަށް ލުއިކޮށްދީފައެވެ. 2025 ވަނަ އަހަރުގެ މެއި މަހު ކޯޓުން 25 އަހަރުގެ ހުކުމް އިއްވި ނަމަވެސް، ބަންދުގައި ހުރި މުއްދަތާއެކު އޭނާ ތަންފީޒުކޮށްފައިވަނީ އެންމެ 5 އަހަރެއްހާ ދުވަހެވެ. ހުކުމުގެ ބާކީ 20 އަހަރު އަދި އޮތެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް