އިއްޔެ ހެނދުނު 11 އިން ފެށިގެން 30 މިނިޓަށް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ކަސްޓަމަރުން ހުށަހަޅާފައިވާ ސުވާލުތަކަށް ޖަވާބު ދެއްވުމުގައި އަމަލީ ގޮތުން އިސްކޮށް ހުންނެވީ ސީއީއޯ އެވެ.
މި ސެޝަންގައި ޝާދީ ވަނީ ކުންފުނީގެ މީސް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ކަސްޓަމަރުން ފޮނުވި ތަފާތު ސުވާލުތަކަށާއި، ކަންބޮޑުވުންތަކަށް ސީދާ ޖަވާބުދެއްވައި، އުރީދޫގެ ކަސްޓަމާ ސާވިސް ޓީމުތަކުން ކޮންމެ ދުވަހަކު ކުރަމުންދާ މަސައްކަތްތައް އަމިއްލަފުޅަށް ތަޖުރިބާކުރައްވާފަ އެވެ.
އުރީދޫ ލީޑަޝިޕްގެ އަމާޒަކީ މި ހަރަކާތުގެ ސަބަބުން ކަސްޓަމަރުންގެ ބޭނުންތައް އިތުރަށް ދެނެގަނެ، ހިދުމަތް ރަނގަޅު ކުރެވިދާނެ ދާއިރާތައް ފާހަގަކޮށް އަދި މިހާރަށް ވުރެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމުގައި ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބުންޏެވެ
"ކަސްޓަމާ ސާވިސް ވީކް"އަކީ އުރީދޫ މޯލްޑިވްސްގެ ފްރަންޓްލައިން ޓީމުތަކުގެ އަގުވަޒަންކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އުރީދޫން ފާހަގަކުރެ އެވެ. އެ ޓީމުތަކުގެ ހިތްވަރާއި އޯގާތެރިކަމާއި މަސައްކަތަށް ދޭ އަހައްމިއްޔަތަކީ ކަސްޓަމަރުންނާ އެކު ރަނގަޅު ގުޅުމެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށް ވެސް ބުންޏެވެ.