ads
އަނިލް
1.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ވިއެޓްނާމުން އަތުލައިގަތް ދިވެއްސަކު 20 އަހަރަށް ޖަލަށްލައިފި
1.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ވިއެޓްނާމުން އަތުލައިގަތް ދިވެހިޔާ 20 އަހަރަށް ޖަލަށްލައިފި އެވެ.
Advertisement

ތައިލެންޑުން ވިއެޓްނާމަށް 1.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އުމުރުން 39 އަހަރުގެ މުހައްމަދު އަނިލް 20 އަހަރަށް ޖަލަށްލުމަށް ވިއެޓްނާމްގެ ހާން ހޯއާ ޕްރޮވިންސްގެ ކޯޓަކުން ވަނީ ހުކުމްކޮށްފަ އެވެ. އަދި ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ އެ ގައުމުން ޑީޕޯޓްކޮށްލުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.

އަނިލް ހައްޔަރުކޮށްފައިވަނީ ތައިލެންޑުގެ ބެންކޮކުން ފުރައިގެން ވިއެޓްނާމްގެ ކޭމް ރަން އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔުމުން، އޭނާގެ ފޮއްޓާއި އަތްދަބަސް ކަސްޓަމްސް އޮފިސަރުން ބަލައިފާސްކުރުމުގެ ތެރޭގަ އެވެ. 

އޭނާގެ އަތުން ފެނުނު 1,545.6893 ގްރާމްގެ މަސްތުވާތަކެތީގެ ތެރޭގައި މެފެޑްރޯން އާއި އަލްފާ-ޕީއައިއެޗްޕީ ހިމެނެ އެވެ.

ތަހުގީގަށް އެނގިފައިވާ ގޮތުގައި، މިއީ ތައިލެންޑުގައި އުޅޭ "އަފޫ" ނަމަކަށް ކިޔާ މީހަކު 1,000 ޑޮލަރުގެ އުޖޫރައަކަށް ވިއެޓްނާމަށް ގެންގޮސްދިނުމަށް އަނިލްއާ ހަވާލުކުރި ތަކެއްޗެވެ. ނަމަވެސް، އަނިލްގެ ހަށިގަނޑު ތަހުލީލުކުރިއިރު އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް