އެމްޑީޕީ ވެރިކަމުގައިވެސް ޕާޓީގެ އިސް ލީޑަރަކީ ޗެއާޕާސަން ކަމަށް ހަދަން މަސައްކަތް ކުރަމުން އަންނައިރު ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާ ކުރުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ "ސިޔާސީ ޕާޓީތައް ރިފޯމް ކުރަން" އިސްލާހީ ހަރަކާތަކަށް ގޮވާލާފަ އެވެ. "ސިޔާސީ ޕާޓީތަކުގެ ރިފޯމަށް" ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމުގެ ތެރޭގައި:
ހުށައެޅުން
ނަތީޖާ
މިއަދުގެ ސިޔާސީ ހަގީގަތަކީ ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމު ހަރުދަނާކޮށް، މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ފުރަތަމަ ކުރަންވީ ކަމަކީ "ބަހުސެއް" އުފައްދާ ހިޔާލު ފާޅުކުރުމެވެ. އެ ހިޔާލުފާޅުކުރުންތަކުގެ ތެރެއަށް ސިޔާސީ ޕާޓީތަކުގެ ރިފޯމް މައުލޫ ވެއްދުމެވެ.
ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް 2000ގެ އަހަރުތަކުގެ ކުރީކޮޅުގައި ކުރި ފަދަ އިސްލާހީ މަސައްކަތަކެއް އަލުން ފެށިއްޖެ ނަމަ މިއަދު ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރެއިންނާއި ސިޔާސީ ޕާޓީތަކުން މިފެންނަ ފުރިހަމަ ނޫން، ނުރަނގަޅު، ގޯސް އެތައް ކަމެއް ރަގަނޅު ކުރުމަށް ފުރުސަތު ދިވެހިންނަށް ފަހިވެގެންދާނެ އެވެ
އެމްޑީޕީގެ އަސާސީ ގަވައިދުގައި މިހާރު އޮންނަ ގޮތުން އެމްޑީޕީން ވެރިކަމުގައި އޮންނައިރު ޕާޓީގެ އެންމެ އިސް ލީޑަރަކީ ރާއްޖޭގެ ރައީސް އެވެ.
އެމްޑީޕީން މިރޭ ފަށާ ކޮންގެރެސްގައި ފާސްކުރުމަށް ހުށައަޅާ އާ އާސާސީ ގަވައިދުގައި ވާގޮތުން އެމްޑީޕީގެ ލީޑާޝިޕްގެ އެންމެ އިސް ފަރާތަކީ ޗެއާޕާސަން އެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި އޮންނައިރު ރާއްޖޭގެ ރައީސަކީ އެންމެ އިސް ލީޑަރު ކަމަށް ބުނާ ބައި އުނިކޮށް ވެރިކަމުގައިވެސް ޕާޓީގެ އިސް ލީޑަރަކީ ޗެއާޕާސަން ކަން ކަނޑައަޅަން ވަނީ ހިމަނާ ފައެވެ.
އާ އަސާސީ ގަވައިދުގައި ދެން އޮތް އެންމެ ބޮޑު ބަދަލަކީ ޕާޓީގެ ޗެއާޕާސަނަށް ދައުލަތުން މުސާރަ ލިބޭ އެހެން އެއްވެސް މަގާމެއް ފުރުން މަނާ ކުރުމެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރައީސްގެ މަގާމުވެސް ވަނީ ހިމަނާފަ އެވެ.
މީގެއިތުރުން މިހާރު ޕާޓީގައި ނައިބު ރައީސުން ތިބި ނަމަވެސް އެ މަގާމު އުވާލަންވެސް ވަނީ އާ އަސާސީ ގަވައިދުގައި ހިމަނާފަ އެވެ.
އެމްޑީޕީ ވެރިކަމަށް އަންނަ ހާލަތުގައި ރައީސަކަށް ހުންނަ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައްކަމަށް ބުނެ ބައެއް ކަންކަން އާ އަސާސީ ގަވައިދުގައި ވަނީ ހިމަނާފަ އެވެ. އޭގެތެރޭގައި ސަރުކާރު އެކުލަވާލުމުގައާއި މުހިންމު ސިޔާސަތުތައް ކަނޑައެޅުމާއި ތަންފީޒުކުރުމަށް، ޕާޓީގެ ގައުމީ މަޖިލީހުގެ ލަފަ އާއި މަޝްވަރާ ހޯދުމަށް އިގުރާރުވެ އެއްބަސްވުމެއްގައި ޕާޓީއާއެކު ސޮއިކުރަން ޖެހޭނެކަމަށް ވަނީ ބުނެ ފައެވެ.
މީގެއިތުރުން އެމްޑީޕީގެ ވެރިކަމެއްގައި ރައީސްގެ އިސް މުޝީރަކަށް އެ ޕާޓީގެ ޗެއާޕާސަން އައްޔަންކުރަން ވާނެ ކަމަށްވެސް ވަނީ އާ އަސާސީ ގަވައިދުގައި ހިމަނާފަ އެވެ.