ads
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާ އަޝްރަފު
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ ދައުވާކޮށްފި
ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން ނެރުނު ޑޮކިއުމެންޓްރީގެ މައްސަލައިގައި، އެ ޑޮކިއުމެންޓްރީއަށް މައުލޫމާތުދިން ކަމަށް ފުލުހުން ތުހުމަތުކުރާ އީޝާ އަޝްރަފުގެ މައްޗަށް ގަޒުފުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
Advertisement

އީޝާގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އުފުލައި، މިއަދު ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިރޭ ކަށަވަރުކޮށްދިނެވެ. 

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ ރައީސް މުއިއްޒުގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށްފައިވާ ކަމަށް ބުނެ އެވެ.

މި ސަރުކާރުގައި ރައީސް އޮފީހުގެ ސިޔާސީ ވަޒީފާއެއްގައި ހުއްޓައި އެހެން ދެ މިިނިސްޓްރީއަކަށް ބަދަލުކޮށް، ފަހުން އީޝާ ވަނީ ސަރުކާރުން ވަކިކޮށްފަ އެވެ. އެ ޑޮކިއުމެންޓްރީ މައްސަލާގައި އީޝާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ދިފާއުގައި ތަހުގީގު ކުރިއަށް ގެންދިޔައިރު ވާހަކަދައްކަން ފުލުހުން ފުރުސަތުދީފައިނުވާތީ އޭނާ ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. 

އެ ޑޮކިއުމެންޓަރީގެ މައްސަލައިގައި "އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް ދައުލަތުން ވަނީ ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ. ކްރިމިނަލް ކޯޓުގައި ބާއްވާ ސިއްރު ޝަރީއަތެއްގައި އެ މައްސަލައިގައި އަޑުއެހުންތައް މިހާރު ވެސް އެބަ ކުރިއަށްގެންދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް