ދައުލަތުގެ މީޑިއާއިން ގެނެސްދޭ އަހާ ފޯރަމްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމަށް މި ސަރުކާރު ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގޭންގު ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވަމުން އައި 10 މީހަކު ހައްޔަރުކޮށް އެމީހުންގެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް އޭގެ ތަފްސީލަށް މިނިސްޓަރު ވަޑައި ނުގަންނަވަ އެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ ގެންގުތަކުގައި ހަރަކާތްތެރިވަމުން ދިޔަ 10450 ވުރެ ގިނަ ކުދިންނާއި ސުވާލުކޮށް އޭގެތެރެއިން 517 ކުއްޖަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި ގޭންގުތަކުން ގެންގުޅުނު 676 ވުރެ ގިނަ ސައިކަލްވެސް މިހާތަނަށް ޓޯކޮށްފައިވާކަމަށް އިހްސާން ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްކުރަން ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 24 ނެޓް ވޯކެއް މިހާތަނަށް ހައްޔަރުޖޮށް އެތަނުން ތިން ނެޓްވޯކެއްގެ މައްސަލަ ކޯޓަށް ފޮނުވާފައިވާކަމަށެވެ. އަދި އެ ނެޓްވޯކްތައް އަތުން 3.6 މިލިއަން ރުފިޔާއާއި 148،000 ޑޮލަރު އަތުލައިގެންފައިވާކަމަށް މިނިސްޓަރު އިހްސާން ވިދާޅުވި އެވެ.