ads
ތޮއްޑޫއިން ހައްޔަރުކުރި ބިދޭސީން
ތޮއްޑޫއިން ހައްޔަރުކުރި 107 ބިދޭސީން ޑީޕޯޓްކޮށްލަން ނިންމައިފި
ތޮއްޑޫއިން ހައްޔަރުކުރި 107 ބިދޭސީން ޑީޕޯޓްކޮށްލަން ނިންމާ އެ މަސައްކަތް ކުރަމުން އަންނަކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
Advertisement

މި ބިދޭސީން ހައްޔަރުކޮށްފައިވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިމަހުގެ 19 ވަނަ ދުވަހު ތޮއްޑޫގައި ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަން ޖުމްލަ 507 ބިދޭސީން ބަލައި ފާސްކޮށް، އޭގެ ތެރެއިން 107 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ބުނެ އެވެ. 

ދައުލަތުގެ މީޑިއާއިން ގެނެސްދޭ އަހާ ފޯރަމްގައި މިރޭ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ގަވއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ދަށުން ބަޔޯމެޓްރިކް ނެގުމަށްފަހު މިހާރު ކުރަމުން އަންނަ މަސައްކަތަކީ ވިސާ ނުދައްކާ ނުވަތަ އެ މީހަކު ގެނައި މަސައްކަތް ނޫން ެއެހެން މަސައްކަތް ކުރަމުންދާ ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ތޮއްޑޫގައި ހިންގި އޮޕަރޭޝަނަކީވެސް އޭގެ އޮޕަރޭޝަނެއްކަމަށް މިނިސްޓަރު އިހްސާން ވިދާޅުވި އެވެ. 

ތޮއްޑޫއިން ހައްޔަރުކުރި 107 ބިދޭސިންގެ ތެރެއިން 96 ބިދޭސީންނަކީ ބަޔޯ މެޓްރިކް ދީފައިވާ ބިދޭސީންކަމަށެވެ. އަނެއް 14 މީހުންނަކީ ބަޔޯމެޓްރިކް ނުދީ ތިބި މީހުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ތޮއްޑޫއިން ހައްޔަރުކުރި 107 ބީދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިހްސާން ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް