ads
ރާއްޖެ އެތެރެކުރަން އުޅުނު 26 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގަތުން - ފޮޓޯ: މިނިސްޓަރު އިހުސާން
ޑްރަގު 24 ނެޓްވޯކެއް ހައްޔަރުކޮށްފިން، 148،000 ޑޮލަރާއި 3.6 މިލިއަން ރުފިޔާ ހުރި
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޑްރަގު ވިޔަފާރިކުރަމުން އަންނަ 24 ނެޓްވޯކެއް ހައްޔަރުކޮށް އެމީހުންގެ މައްސަލަތައް ތަހުގީގުކުރަމުން އަންނަކަަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
Advertisement

އަހާ ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 1.3 ޓަނުގެ މަސްތުވާތަކެތި ރާއްޖޭގެ މަގުތަކުން ނަގާފައިވާނެކަމަށެވެ. އަދި އެއީ މަގުމަތީ އަގުން ނަމަ 1.5 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް އިހްސާން ވިދާޅުވި އެވެ. 

" 1.5 ބިލިއަން ރުފިޔާއަށް ދިވެހި މަސްތުވުން ހުއްޓުވިފައި މިވަނީ. މީ މިފާއިތުވި ތިން އަހަރަށް ބަލާއިރު އޭގެ ކުރީގެ ހުރިހާ ސަރުކާރެއްގެ ތިން އަހަރަށް ބަލާއިރު ރެކޯޑް އަދަދެއް. އެހެންވީމަ މިވަރަށް ދިވެހި ފުލުހުންނާއި ކަސްޓަމުން މިވަނީ މަސައްކަތް ކޮށްފައި." މިނިސްޓަރު އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް ޑްރަގު 24 ނެޓްވޯކެއް ހައްޔަރުކޮށްފައިވާކަމަށެވެ. އެ މައްސަލަތައް ބަލަމުން އަންނައިރު އޭގެތެރެއިން ތިން މައްސަލަ ނިންމާ އޮތީ ކޯޓުގައިކަން މިނިސްޓަރު އިހްސާން ވިދާޅުވި އެވެ. މީ 3.6 މިލިއަން ރުފިޔާއާއި 148،000 ވުރެ ގިނަ ޑޮލަރު  އަތުލައިގެންފައިވާ މައްސަލަތައްކަމަށް އިހްސާން ވިދާޅުވި އެވެ. 

" މިހާރު ހަދާފައިވާ ގާނޫނުތަކުން ނަތީޖާ ނެރެވޭއިރު މިބައި މީހުން ޖަލަށް ލެވި އެބައި މީހުން މުދާތައް ހުންނަންވާނީ ދައުލަތަށް ނެގިފައި." އިހްސާން ވިދާޅުވި އެވެ.

ޑްރަގު ކެފޭތައް ބަންދުކުރަން ކުރަން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް 17 ތަނެއް ބަންދުކޮށްފައިވާކަމަށް އިހްސާން ވިދާޅުވި އެވެ. އޭގެތެރޭގައި ހިމެނެނީ އައްޑޫއިން ބަންދުކުރި 4 ތަނަކާއި ފުވައްމުލަކު ސިޓީން ބަންދުކުރި ތަނަކާއި މާލެއިން ބަންދުކުރި 12 ތަންކަމަށްް މިނިސްޓަރު އިހްސާން ވިދާޅުވި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް