ads
އޭއައި ބޭނުންކޮށްގެން ބޭންކަކުން 108 މިލިއަން ޑޮލަރު އަތުލައިފި
އޭއައީގެ އެހީގައި އަޑު ކްލޯންކޮށްގެން ބޭންކަކުން 108 މިލިއަން ޑޮލަރު އަތުލައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން އަޑު ކްލޯންކޮށް، އިޓަލީގެ ފިޑެއުރަމް ބޭންކުން 108 މިލިއަން އެމެރިކާ ޑޮލަރު މަކަރާއި ހީލަތުން އަތުލައިގަތް މައްސަލައެއް ފެންމަތިވެއްޖެ އެވެ.
Advertisement

މި މަކަރާއި ހީލަތް ހިންގި ފަރާތްތަކުން ވަނީ ވަޓްސްއަޕް މެދުވެރިކޮށް އޭއައި ވޮއިސް-ކްލޯނިންގ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ލޯ ފާމެއްގެ ޕާޓްނަރެއްގެ އިތުރުން ބޭންކުގެ އިސް ވެރިންގެ އަޑު ކްލޯންކޮށްފަ އެވެ. އަދި އެ ފަރާތްތަކުގެ ގޮތުގައި ހެދިގެން މުއާމަލާތްކޮށް، އިޓަލީގެ ފިޑެއުރަމް ބޭންކަށް އޮޅުވާލައިގެން ގައުމުން ބޭރުގައިވާ އެކައުންޓްތަކަކަށް 108 މިލިއަން ޑޮލަރު ޓްރާންސްފަރ ކުރުވާފަ އެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން ކަމާބެހޭ އޮތޯރިޓީތަކުން ކުރި މަސައްކަތުން، ވަގަށް ނެގުނު ފައިސާގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ފައިސާ އަނބުރާ ހޯދުމުގައި ވަނީ ކާމިޔާބީ ހޯދާފަ އެވެ.

އެހެންނަމަވެސް، ވަގަށް ނެގި ފައިސާގެ ތެރެއިން އެތައް މިލިއަން ޑޮލަރެއް ވަނީ ކްރިޕްޓޯކަރަންސީއަށް ބަދަލުކޮށްފައެވެ. އަދި ކްރިޕްޓޯކަރަންސީއަށް ބަދަލުކުރެވުނު މި ފައިސާ އަދިވެސް ހުރި ތަނެއް ދެނެގަނެވިފައި ނުވާކަމަށް ކަމާބެހޭ އޮތޯރިޓީތަކުން ވަނީ ހާމަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް