މުއްތަލިބް މިފަދައިން ވިދާޅުވިއިރު، ރައްޔިތުންގެ މަންފާއަށް ކަމަށް ބުނެ، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި، ބޭނުން ކުރުން ކުޑަ ކުރުމަށްޓަކައި ސަރުކާރު ރޯލް މިހާރަށްވުރެ ސާފުކޮށް ބަޔާން ކުރުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
"އެދޭ ރާއްޖޭ"ގެ ހުށަހެޅުން:
ރައްޔިތުންގެ މަންފާއަށް ކަމަށް ބުނެ، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި، ބޭނުން ކުރުން ކުޑަ ކުރުމަށްޓަކައި ސަރުކާރު ރޯލް މިހާރަށްވުރެ ސާފުކޮށް ބަޔާން ކުރުމަށް
ނަތީޖާ:
ސަރުކާރުތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ދިގުރާސްތާގެ ޕްލޭނާއެއްގޮތަށް ގައުމު ކުރިއެރުވުމަށް އެކަށައަޅަން ޖެހޭ ސިޔާސަތުތައް އެކަށައަޅައި، ސިޔާސަތުތަކާއެއްގޮތަށް ހިންގާތޯ ޔަގީން ކުރުމާއި ދިގުރާސްތާގެ ތަރައްގީގެ ޕްލޭން ތަންފީޒުވާކަން ޔަގީން ކުރުމާއި، އެހެން ގައުމުތަކާ ވާދަކޮށް ކުރި ހޯދާ ގައުމަކަށް ރާއްޖެވުން
ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ކުރިއަށް ގެންދަން ނިންމާފައިވާ 20 ބިލިއަން ޑޮލަރުގެ ވޯޓާ ފްރަންޓު މެރީނާ މަޝްރޫއަށް ފާޑިކިޔާ އެކްސްގައި ދައުރުވާ ޕޯސްޓަކަށް ރައްދުދެއްވާ މުއްތަލިބް ވިދާޅުވީ ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތުގެ މިލްކަކީ އެ ޕްރޮޕަޓީކަަމަށެވެ. އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއްކަމަށައި އެ ޕްރޮޕަޓީއެއް ވިއްކާލާނަމަ، ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާނަމަ، ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަކުރާނަމަކަމަށް މުއްތަލިބް ވަނީ ވިދާޅުވެފަ އެވެ.
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހާއާއި ޢާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއްވެސް ނޫންކަމަށާއި ވިސާ ދިނުމަކީ އިމިގްރޭޝަންގެ ޤާނޫންގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެއިދާރާއިން ކުރާކަމެއްކަމަށްވެސް މުއްތަލިބް ވިދާޅުވިއެވެ.
ދިވެހި ދައުލަތް މުއްސަދިވުމަކީ ދިވެހިރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއްނޫންކަމަށް މުއްތަލި ވިދަޅުވި އެވެ. އަދި ރާއްޖެއަށް ބޭނުންވަނީ ޖީލުތަކަށް ދެމިގެންދާ ތަރައްޤީގެ މިފަދަ މަޝްރޫއުތަކެއްކަމަށާއި ކުރު މުއްދަތުގެ މަންފާއެއް ނޫންކަމަސްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަޝްރޫއުގެ މުހިންމު ތަފްސީލުތައް:
އެނގިފައިވާ ގޮތުގައި، މި މަޝްރޫއު ހިންގަނީ ރަސްމާލޭން މިހާރު ހިއްކާފައިވާ 500 ހެކްޓަރުގެ ސަރަހައްދުގަ އެވެ. ނަމަވެސް، މިކަމުގެ ސަބަބުން ކުރިން އިއުލާން ކޮށްފައިވާ ގޮތަށް ދިވެހި ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ކަނޑައަޅާފައިވާ އަދަދުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީހެއް އަދި ހާމައެއް ނުވެ އެވެ.