ads
މާލެ މަގުމަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލައެއް ބަލަން ފުލުހުން ވަނީ ފަށާފައި
ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލައެއް ބަލަނީ
މާލެ މަގުމަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ ވީޑިއޯއެއް އާއްމުވެ އެކަން ފުލުހުން ބަލަން ފަށައިފި އެވެ.
Advertisement

ފުލުހުން ބުނީ މާލޭ މަގުމަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މި ވީޑިއޯއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ބޮޑުތަކުރުފާނު މަގުގައި މީހަކު ސައިކަލެއްގައި ޒިގްޒެގްކޮށް ދުއްވާފައި ގޮސް ކުއްލިއަކަށް މަޖީދީ މަގަށް އަޅާ މަންޒަރު ފެންނައިރު، އޭނާ މަޖީދީމަގަށް އެޅީ ސިގްނަލް ވެސް ނުދީ އެވެ.

މާލޭގެ މަގުމަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވައިގެން މީގެ ކުރިންވެސް ނުރައްކާތެރި ހާދިސާތައް ހިނގާފައި ވެެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް