ads
އެމްޓީސީސީގެ މަހާޖައްރާފް. -- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީއަށް މަހާޖައްރާފަށް ވުރެ ތިން ގުނަ ބޮޑު ޑްރެޖަރެއް ގެންނަނީ
އެމްޓީސީސީން ކުރިއަަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރުމަށް މިހާރު އޮތް މަހާޖައްރާފާއަށް ވުރެ ތިން ގުނަ ބޮޑު އުޅަނދެއް މި އަހަރު ނިމުމުގެ ކުރިން ގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެސްއެމްގެ "ނޭޝަންސް ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޓީސީސީގެ ބިން ހިއްކުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި މުޅިން އާ ހޮޕާ ޑްރެޖަރެއް މިހާރު ސެކިއުއާ ކުރެވިފައިވާ ކަމަށެވެ.

"މިހާރު އެމްޓީސީސީގައި އޮތް މަހާޖައްރާފާގެ ތިން ގުނަ ބޮޑު ޖައްރާފާއެއް މިހާރު އިރާދަކުރެއްވިއްޔާ އެވަނީ ސެކިއާ ކުރެވިފައި. އުންމީދުކުރަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ގެނެވޭނެ ކަމުގައި. ގެނެވުނީމާ އެމްޓީސީސީއާ ހަވާލުވެފައި ހުރި މިހާރު ނުފެށި ހުރި ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއް ފެށޭނެ،" ރައީސް ވިދާޅުވި އެވެ.


އެމްޓީސީސީއާ އާރްޑީސީ އެއްކޮށްލުމުން މަގު ހެދުމަށް އެ ކުންފުނިން ގެނެސްފައި ހުރި ތަކެއްޗާއެކު މަސައްކަތްތައް ފެށިގެންދާތަން ބާރު ސްޕީޑުގައި ކުރިއަށްދާތަން އަންނަ އަހަރު ތެރޭ ފެންނަން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިހާރު އޮތް މަހާޖައްރާފާ އަކީ ހޮލެންޑުގެ ކުންފުންޏަކާ ހަވާލުކޮށްގެން ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާގައި ބަނދެފައިވާ ޑްރެޖަރާ އެކެވެ. ބޯޓު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރި އެވެ. އަދި މި އުޅަނދު ބަނުމުގެ މަސައްކަތް ކުރީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގައި ކަމަށް އެމްޓީސީސީން ކުރިން ވަނީ ބުނެފަ އެވެ.

ސަރުކާރުގެ އަމާޒަކީ ދައުލަތުގެ މަޝްރޫއުތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކުގެ މަސައްކަތްތައް ވެސް ނަގައިގެން އިތުރު އާމްދަނީ ހޯދޭ ފެންވަރަށް އެމްޓީސީސީގެ ހިންގުން ހަރުދަނާކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް