ނަޝީދުގެ ޗާޕުގެ، "އޯޝަން ފަބްލިޝާޒް" އިން ނަޝީދާ ހަވާލާދީ ބުނީ ވިއްކަން ވާހަކަ ފޮތްތަކެއް ނެރެނީ ތަކެތީގެ އަގު ބޮޑުވުމާއި ކުރީގެ ރައީސުންގެ އެލަވަންސްގެ ބޮޑު ބައެއް މިހާރު ކަނޑާލާފައިވުމުން މިވަގުތަށް އަތްމަތި ދަތިވެ އިތުރު އާމްދަނީއެއް ހޯދުމަށް ކަމަށެވެ.
އެގޮތުން އެމަނިކުފާނު އެމްޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވިނަމަވެސް އެ މަގާމްށް މުސާރައެއް ނޯންނަކަމަށް ބުނެފައި ވެއެވެ އަދި ކުރީގެ ރައީސުންގެ ޕެންޝަނުގެ ބޮޑު ބައެއް ވެސް ކަނޑާލާފޢިވާކަމަށާއި ފޮރުވާފައި ހުރި ގިނަ ފައިސާ ލ. އަތޮޅުގައި ހުރި ގޯތީގައި ގެ އަޅަން ހަދަން އުޅެގެން ހުސްވެއްޖެކަމަށްވެސް ފޮރް ވިއްކަން އިސްތިހާރު ކުރި ޕޯސްޓުގައި ނަޝީދާ ހަވާލަދީ ލިޔެފައިވެ އެވެ. އެހެންކަމުން މި ފޮތް މިނެރެނީ އަތްމަތި ދަތިވާތީކަމަށްވެސް ރައީސް ނަޝީދާ ހަވާލާދީ ބުނެފައިވެ އެވެ.
ނަޝީދު ނެރުއްވާ ފޮތަށް ދީފައިވާ ނަމަކީ 'ކުރުވާހަކަ - 80ގެ ފަހުކޮޅު'ގެ އެވެ. މި ފޮތުގެ އަގަކީ 250 ރުފިޔާކަމަށާއި އަންނަ މަހު ފަހުކޮޅު ފޮތް ނެރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް 'އޯޝަން ފަބްލިޝާޒް ވަނީ ބުނެފަ އެވެ. އަދި މިވަހުތު ވެސް 100 ވުރެ ގިނަ މީހުން ފޮތް ގަންނަން ޕްރި އޯޑަރު ހަދާފައިވާކަމަށް އެ ޕަބްލިޝާޒް އިން ބުނެ އެވެ.
ނަޝީދުގެ ފޮތުގައި ބަތަލަކީ ކުރުސީ، ބަނޑެއް ބުޑެއްވެސް ނުހުންނާނެ
"މިވާހަކަތަކުގެ ބަތަލަކީ ހަމަކަށަވަރުން ވެސް އެކްސް، ފޭސްބުކް އަދި އިންސްޓަގްރާމްގައި ހަރަކާތްތެރިވާ ހަސަން ކުރުސީއެއް ނޫނެވެ. މިޒާޖު ވެސް އަދި ތޮބިއްޔަތު ވެސް މާ ބޮޑަށް ތަފާތެވެ،" ޕޯސްޓަރުގައިވެ އެވެ.
މީގެއިތުރުން ހަސަން ކުރުސީގެ ސިފަތައްވެސް ވަނީ ކިޔާ ދީފަ އެވެ. އެގޮތުން ހަސަން ކުރުސީ ހިކި ވާނެކަމަށާއި ބަނޑެއް ނެތް ތާނގައި ބުޑެއްވެސް ނެތްކަމަށް ވަނީ ބުނެފަ އެވެ. އަދ.ި އޭނާ ދިގެއް ނުވާނެ ކަމަށާއި އެއީ އިސްތަށި ގިނަވެފައި މިހާރު އުމުރުން ތިރީހަށް އަޅާފައިވާ މިހެއްކަމަށްވެސް ވަނީ ބުނެފަ އެވެ.