ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ތަރައްގީގެ ޕްލޭނެއް އޮތުމުން މިސްރާބް ފަސޭހަވާނެ: ރައީސް
ތަރައްގީގެ ޕްލޭނެއް އޮތުމުން އެއް މިސްރާބަކަށް ދިޔުމަށް ދިވެހި ރައްޔިތުންނަށްވެސް ފަސޭހަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިފަދައިން ވިދާޅުވިއިރު މުޅި ރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލަން "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

'އެދޭ ރާއްޖޭ'ގެ ހުށަހެޅުން: 

ގާނޫނު އަސާސީން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުމަށާއި އަތޮޅު ވަސީލަތްތަކަށް ގޮތް ނިންމުގައި އަތޮޅުގެ ބަހެއްގެ  ހޯދުމަށް ލާޒިމް ކުރާގޮތަށް ކަނޑައަޅައި، އަތޮޅު ހިންގުމުގައި ރައްޔިތުންގެ ޝާމިލުވުން އިތުރުކުރުމާއެކު އަތޮޅު ހިންގަން އިތުރަށް ބާރު ދިނުމަށް

ނަތީޖާ:

މުޅި ރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް، ގައުމީ ތަރައްގީގެ ޕްލޭނަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ވުމާއި ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލެވި، އަތޮޅުގެ ވަސީލަތަކަށް އިތުރު ރައްކާތެރިކަމެއް ލިބި، ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވި ވެގެންދިޔުން

ދިވެހިރާއްޖެ 2040 ވަނަ އަހަރަށްދާއިރު ތަރައްގީވަމުންދާ ގައުމުތަކުގެ ލިސްޓުން ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓަށް އެރުމަށް ނިންމާފައިވާކަން ރައީސް އިއުލާންކުރެއްވީ 2024 ވަނަ އަހަރު އދ.ގެ އާންމު މަޖިލީހުގައި އިއްވެވި ތަގުރީރުގަ އެވެ.  

ދައުލަތުގެ މީޑިއާއިން ސިލްސިލާކޮށް ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ އެޕިސޯޑެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެކި ދުވަސްވަރު ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު މަސައްކަތްކުރެއްވުމަށް ލިބިވަޑައިގަތް ފުރުސަތުތަކުގައި އެންމެ ބޮޑަށް ފާހަގަވީ އެއްކަމަކީ، ސަރުކާރުތައް ބަދަލުވުމާއެކު ބޮޑެތި މަޝްރޫޢުތައް ހުއްޓުވާލުމާއި، ގައުމުގެ މިސްރާބު މުޅިން އެހެން ދިމާއަކަށް ގެންދާ މަންޒަރުކަމަށް ރައީސް ވިދާޅުވި އެވެ.

"މި މާސްޓާ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްވެސް އެބަކުރަން. މިހާރު ޑްރާފްޓިންގެ މަސައްކަތްވެސް އެބަހިނގާ." ރައީސް ވިދާޅުވި އެވެ.

ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި، ރާއްޖެއާއި މެލޭޝިއާގެ ސެންޓްރަލް ބޭންކާ ދެމެދު ސޮއިކުރުމަށް މަސައްކަތްކުރަމުންދާ 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމަންޓުގެ މަސައްކަތް ވަރަށް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށެވެ.

މީގެއިތުރުން، މިއަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ދައުލަތުގެ ރިޒާވް 1.2 ބިލިއަން ޑޮލަރަށް އެރި ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާއި، ތެލުގެ އަގަށް އައި ބަދަލުތަކުގެ އިތުރުން ސުކޫކް ދެއްކުމުގެ ސަބަބުން ރިޒާވަށް އަސަރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް