ވަޒީރުންނާއި ސުވާލުކުރެވޭ އަހާ ފޯރަމަކީ ސަރުކާރުން ކޮންމެ ދެ މަހަކުން އެއް މަހު ބާއްވާގޮތަށް ނިންމާ ފެށީ 2024 ވަނަ އަހަރު ޖެނުއަރީ މަހު އެވެ. އެހެންނަވެސް ދެ ފޯރަމެއް ބޭއްވުމަށްފަހު 10 މަސްދުވަހަށް ފަހު އަލުން ފޯރަމެއް ބޭއްވީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު 15 ވަނަދުވަހުއެވެ. އޭގެ ފަހުން ޖުލައި 14، 2025 ގައިވެސް ފޯރަމެއް ބޭއްވުމަށް ފަހު މިހާތަނަށް އެއްވެސް ފޯރަމެއް ބާއްވާފައި ނުވެއެވެ.
އަހާ ފޯރަމް މާދަމާ ރޭ އަލުން ފަށަން ވަނީ ނިންމާފައެވެ. މާދަމާރޭ ފޯރަމް އޮންނާނީ 21:00 ގައެވެ.
މާދަމާ ރޭ ފޯރަމްގައި ބައިވެރިވާ މިނިސްޓަރުން
• ޔޫތް މިނިސްޓަރު އަބްދުﷲ ރާފިއު
• ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް
• ހޯމް މިނިސްޓަރު އަލީ އިހްސާން
ވަޒީރުންގެ ފޯރަމުގެ އިތުރުން ކޮންމެ ތިން މަހަކުން އެއް މަހު ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށްވެސް ހާއްސަ ފޯރަމެއް ރައީސް އޮފީހުން ފެށިއެވެ. އެހެންނަމަވެސް ރައީސް ބައިވެރިވަޑައިގެންނެވި މިހާތަނަށް ބޭއްވި އެންމެ ފޯރަމެކެވެ.