ads
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ)
ބޭރުގެ އިންވެސްޓުމަންޓުތަކަށް ފުރުސަތު ދޭންވާނީ ތަފުސީލުތަކުގެ ދެފުށް ފެންނަ ގޮތަށް: އަންޑޭ
ބޭރުގެ އިންވެސްޓުމަންޓުތަކަށް ފުރުސަތު ދޭންވާނީ ތަފުސީލުތަކުގެ ދެފުށްފެންނަ ގޮތަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވެއްޖެ އެވެ.
Advertisement

އަންޑޭ މިފަދައިން ވިދާޅުވިއިރު، ރައްޔިތުންގެ މަންފާއަށް ކަމަށް ބުނެ، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި، ބޭނުން ކުރުން ކުޑަ ކުރުމަށްޓަކައި ސަރުކާރު ރޯލް މިހާރަށްވުރެ ސާފުކޮށް ބަޔާން ކުރުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"އެދޭ ރާއްޖޭ"ގެ ހުށަހެޅުން: 

ރައްޔިތުންގެ މަންފާއަށް ކަމަށް ބުނެ، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި، ބޭނުން ކުރުން ކުޑަ ކުރުމަށްޓަކައި ސަރުކާރު ރޯލް މިހާރަށްވުރެ ސާފުކޮށް ބަޔާން ކުރުމަށް

ނަތީޖާ:

ސަރުކާރުތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ދިގުރާސްތާގެ ޕްލޭނާއެއްގޮތަށް ގައުމު ކުރިއެރުވުމަށް އެކަށައަޅަން ޖެހޭ ސިޔާސަތުތައް އެކަށައަޅައި، ސިޔާސަތުތަކާއެއްގޮތަށް ހިންގާތޯ ޔަގީން ކުރުމާއި ދިގުރާސްތާގެ ތަރައްގީގެ ޕްލޭން ތަންފީޒުވާކަން ޔަގީން ކުރުމާއި، އެހެން ގައުމުތަކާ ވާދަކޮށް ކުރި ހޯދާ ގައުމަކަށް ރާއްޖެވުން

ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބިޔަ، ބޭރުގެ އިންވެސްޓްމަންޓް - އީގަލް ހިލްސްގެ މަޝްރޫއުގެ ދަށުން ވޯޓަފްރޮންޓް އެންޑް މެރީނާއެއް ތަރައްގީކޮށް ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް ސިޓީއެއް ތަރައްގީކުރަން އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. 

ރަސްމާލޭގެ ދެބައިކުޅައެއްބައި އީގަލް ހިލްސް ކުންފުންޏަށް ދޭން ނިންމުމާއި ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އަންޑޭ ވިދާޅުވިީ ބޭރުގެ އިންވެސްޓުމަންޓުތަކަށް ފުރުސަތު ދޭންވާނީ، މިހާރާއި ކުރިމަގުގެ ޖީލުތަކުގެ ގައުމީ، މާލީ އަދި އިގުތިސާދީ މަސްލަހަތު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރެވޭނެ ފަދަ ހަރުދަނާ އުސޫލުތަކަކާއި ބިނާކުރަނިވި މަޝްވަރާތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ހަމައެއާއެކު، އެފަދަ އެއްބަސްވުންތަކުގެ އެންމެހައި ތަފުސީލުތައް ދެފުށްފެންނަ ގޮތެއްގައި، އެންމެހާ ރައްޔިތުންނަށް ސާފުކޮށް ހާމަކުރަންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޝްރޫއުގެ މުހިންމު ތަފްސީލުތައް:

  • ތަރައްގީކުރާ ތަން: ވެރިރަށް މާލެއިން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 17 މިނެޓުން ދެވޭ ފުށިދިއްގަރު ފަޅުގައި ހިއްކަމުންދާ "ރަސްމާލެ" ސިޓީގައެވެ.
  • ހިމެނޭ ބައިތައް: ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތައް، ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތައް، ދުނިޔޭގެ ފެންވަރުގެ މެރީނާއެއް، ވޯޓާފްރަންޓް ޕްރޮމެނާޑްތައް، ރެސްޓޯރެންޓްތަކާއި ފިހާރަތައް، އަދި މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމުގެ މަރުކަޒުތައް (ވެލްނެސް ސެންޓަރުތައް).
  • އިންވެސްޓްމަންޓް: އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކުރެވެއެވެ.
  • އިގްތިސާދީ ފައިދާ: މި މަޝްރޫއުގެ ދަށުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނެ އެވެ. 

އީގަލް ހިލްސްގެ މަޝްރޫއު އެއްކޮށް ނިމި ފުރިހަމަވާ ހިސާބަށް ދާއިރު ކޮންމެ އަހަރަކު މަދުވެގެން އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި އެމަޝްރޫއު ތަރައްގީ ކުރަމުންދާ މުއްދަތުގެ ތެރޭގައި، ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދު ކުރާއިރު، 54,000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.  

ރަސްމާލޭގެ ދެބައިކުޅަ އެއްބައި ކަމަށްވާ 500 ހެކްޓަރު ބިން ހާއްސަ ކޮށްފައިވަނީ ހަމައެކަނި ދިވެހިންނަށެވެ. އަދި އެވަރުގެ ބިމެއްގައި 150,000 މީހުންގެ އާބާދީއަކަށް ނުވަތަ އެ އަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުން ނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް