ads
މަސްޖިދުލްހަރާމްގެ އިމާމު އަދި ހަތީބު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީ
ހަރަމްގެ އިމާމު އަދި ހަތީބު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންވަނީ
މަސްޖިދުލްހަރާމްގެ އިމާމު އަދި ހަތީބު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ ކަމަށް ބުނުން ފިޔަވާ އިތުރު އެއްވެސް ތަފްސީލެއް އިސްލާމިކް މިނިސްޓްރީއަކުން އަދި ނުދެއެވެ.

ޑރ ޔާސިރް އައްދައުސަރީ ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ 6 އޮގަސްޓް 1980 ގައެވެ. އުފަންވެވަޑައިގަތީ ސައުދީގެ އަލް ހަރަޖް ސިޓީއަށެވެ.  ޑރ ޔާސިރް އައްދައުސަރީ ވަނީ އުމުރުން 15 އަހަރުގައި ގުރުއާން ހިތުދަސްކުރައްވާފަ އެވެ. ޝަރީއާއިން ލޯ ޑިގްރީ ނެންގެވުމަށްފަހު ޕީއެޗްޑީ ހާސިލުކުރެއްވީ ޝަރުއީ އަދި ފިގްހުގެ އިލްމުންނެވެ  

ހަރަމްގައި ޑރ ޔާސިރް އައްދައުސަރީ ފުރަތަމަ އިމާމްވެ ނަމާދުކުރެއްވީ ބަދަލު އިމާމެއްގެ ގޮތުގައި އެވެ. އެގޮތުން 

އެގޮތުން 2015 އިން ފެށިގެން 2019 ގެ ނިޔަލަށް ޑރ ޔާސިރް އައްދައުސަރީ ވަނީ ބަދަލު އިމާމެއްގެ ގޮތުގައި ހަރަމްގައި އިމާމްވެ ތަރާވީހް ނަމާދާއި ދަމު ނަމާދު އިމާމްވެ ކުރެއްވާފައެވެ. 

މަސްޖިދުލްޙަރާމްގެ ދާއިމީ އިމާމެއް އަދި ހަތީބެއްގެ ގޮތުގައި ޑރ ޔާސިރް އައްދައުސަރީ ހަމަޖެެއްސީ 2019 ވަނަ އަހަރު އެވެ. 

ހަރަމްގައި އިމާމްވެ ނަމާދުކުރައްވާ ބޭފުޚުންގެ ތެރެއިން ޑރ ޔާސިރް އައްދައުސަރީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ވިދާޅުވާ ބޭފުޅެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް