އެ ޖަމްޢިއްޔާއިން މި ސިޓީ ފޮނުވާފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ކަމާބެހޭ ފަރާތްތަކާއެކު ކުރީބައިގައި އެކަށީގެންވާ މަޝްވަރާތަކެއް ކުރުމެއްނެތި ޓެކްސް ބޮޑުކުރަން ނިންމުމާ ގުޅިގެން، އެކަމުގެ ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
އޮކްޓޯބަރު 1 އިން ފެށިގެން ޓީޖީއެސްޓީ 17 އިންސައްތައަށް އިތުރުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން އިނގިރޭސިވިލާތުގެ ފަތުރުވެރިކަމުގެ ދާއިރާގެ ލީޑަރުން ވަނީ އިންޒާރު ދެއްވާފަ އެވެ. އެފަރާތްތަކުން ބުނެފައިވަނީ، ސިނާޢަތުގެ ބައިވެރިންނާއެކު އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ކުއްލިއަކަށް ޓެކްސް ނަގަން ފެށުމަކީ ޓޫރް އޮޕަރޭޓަރުންގެ ބުކިންގްތަކަށް ބޮޑެތި ބުރޫއެރުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.
މީގެއިތުރުން، ސިނާއަތުގެ ފަރާތްތަކާއެކު މަޝްވަރާކުރުމެއް ނެތި ކުއްލިއަކަށް އިތުރުކުރާ މި ޓެކްސްގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ނޭދެވޭ އަސަރުކޮށް، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންވެދާނެ ކަމުގެ އިންޒާރުވެސް އިނގިރޭސިވިލާތުގެ ފަތުރުވެރިކަމުގެ ދާއިރާގެ ވެރިން ވަނީ ރައީސް މުޢިއްޒަށް ފޮނުއްވި ސިޓީގައި ދެއްވާފަ އެވެ.