ads
ހިންމަފުށީގައި ޤާއިމްކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ އާ އިމާރާތުގެ ބިންގާ އަޅަނީ
ކ. ހިންމަފުށީގައި އަޅާ ރިހެބިލިޓޭޝަން ސެންޓަރުގެ އާ އިމާރާތުގެ ބިންގާ އަޅައިފި
ކ. ހިންމަފުށީގައި ތަރައްޤީކުރާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ އާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.
Advertisement

ހިންމަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެސިލިޓިގެ ބިންގާ އަަޅުއްވައިދެއްވީ، ހޯމް މިނިސްޓަރު އަލީ އިހްސާން އާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭގެ ބޯޑުގެ ޗެއާޕާސަން އަޙްމަދު ސިއްދީގާއި އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ސާހީން އާދަމްގެ އިތުރުން ހުރާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަނާރާ ނައީމްއެވެ.

500 މީހުންނަށް އެއްފަހަރާ ފަރުވާދެވޭ ގޮތަށް ތަރައްޤީކުރާ މި އިމާރާތުގެ މަޝްރޫޢަކީ 5 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫޢަށް ޚަރަދު ކުރަނީ އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ. މި އިމާރާތުގެ ބޮަޑުބައި އަޅަން ނިންމާފައި ވަނީ، މިހާރުގެ ރިހިބިލިޓޭޝަން ސެންޓަރު ހުރި އިމާރާތް ހުރި ހުސް ބިމުގައިކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

އަލަށް ހަދާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގައި ހިންމަފުށީ ރައްޔިތުންނަށް ވެސް ހިދުމަތް ލިބޭނެހެން އެކުލެވޭ ހެލްތް ފެސިލިޓީއަކާ، ސްކިލް ޑިވެލޮޕްމެންޓް އަދި ކައުންސިލިންގެ ހިދުމަތް ލިބެން ހުންނާނެކަމަށްވެސް ހޯމް މިނިސްޓްރީން ބުނެ އެވެ. 

ހިންމަފުށީގައި މިހާރު އިމާރާތަކީ 174 މީހުންނަަަަަށް ފަރުވާދެވޭ ފެސިލިޓީއަކަށް ވީނަމަވެސް، އިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން މިހާރު އެތަނުގައި ފަރުވާދެވެނީ ގާތްގަނޑަކަށް 80 މީހުންނަށްކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް