ads
މަދަދާ
ފޯނު ނަންބަރު ލީކުކޮށްލައިގެން މަދަދާއަށް ފުރައްސާރަކުރަނީ
ސަންގު ޓީވީގެ ކުރީގެ ނޫސްވެރިޔާ ފާތިމަތު މަދަދާގެ އަމިއްލަ ފޯނު ނަންބަރު ލީކުކޮށްލުމާ ގުޅިގެން ގިނަ ބަޔަކު ގުޅައި އޭނާއަށް ފުރައްސާރަކުރަން ފަށައިފި އެވެ.
Advertisement

ނަންބަރު ލީކުކޮށްލުމާ ގުޅިގެން ކުރިމަތިވަމުންދާ ފުރައްސާރަތައް ހާމަކޮށް މަދަދާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ސްކްރީންޝޮޓެއް އާންމުކޮށްފަ އެވެ. އެ ސްކްރީންޝޮޓުން ފެންނަ ގޮތުގައި ރާއްޖޭގެ އެކި ނަންބަރުތަކުންނާއި ނަން ނޭނގޭ ނަންބަރުތަކުން ގިނަ ބަޔަކު ވަނީ އޭނާއަށް ގުޅައި ޖެއްސުންކުރަން މަސައްކަތްކޮށްފަ އެވެ.

އަމިއްލަ މައުލޫމާތު ލީކުކޮށްލައިގެން ހަމަލާދިނުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް މަދަދާ ސިފަކުރި އެވެ. ގުޅައިގެންނާއި ބިރުދައްކައިގެން ބަޔަކަށް ވާނެ މޮޅެއް ނޯންނާނެ ކަމަށާއި، މިފަދަ އަމަލުތައް ހިންގާ މީހުން އެކަން ހުއްޓާލުމަށް އޭނާ ވަނީ އިންޒާރުދީފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން މަދަދާ ނެރުނު ބަޔާނުގައި ބުނެފައިވަނީ، އޭނާގެ ނަމުގައި ފަތުރަމުންދާ ވީޑިއޯތަކަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ އެއްވެސް ހަގީގަތެއް ނެތް ތަކެއްޗެވެ. އޭނާ ބުނީ މިއީ މީގެ އަހަރެއްހާ ދުވަސް ކުރިންވެސް އޭނާގެ އަގުވައްޓާލަން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދައި ދައުރުކުރި އެއްޗެހިތަކެއް ކަމަށާއި، މިހާރު އަލުން ފަތުރަމުން އެ ދަނީ ވެސް ހަމަ އެ ތަކެތި ކަމަށެވެ. އެކަމާ ގުޅިގެން ބައެއް ނޫސްތަކުން އަމަލުކުރި ގޮތަށް އޭނާ ވަނީ ފާޑުކިޔާފަ އެވެ.

ފޭކު ބަރަހަނާ މަންޒަރު އުފެއްދުމާއި ފެތުރުމަކީ ގާނޫނީ ކުށެއް ކަމަށް މަދަދާ ފާހަގަކޮށްފައިވެ އެވެ. ނަމަވެސް، މި މައްސަލަތަކާ ގުޅިގެން ރަސްމީކޮށް ފުލުހުންގެ އިދާރާއަށް މައްސަލައެއް ހުށަހަޅާފައި ނުވާތީ، މައްސަލައިގެ ތަހުގީގެއް ފުލުހުން ފަށާފައި ނުވާކަމަށް ފުލުހުންނާ ހަވާލާދީ ކުރިން މައުލޫމާތު ލިބިފައިވެ އެވެ.

54%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް