ads
އައްޑޫ ލިންކް ރޯޑު ތަރައްގީކުރަން ޗައިނާ ކުންފުންޏަކަށް
އައްޑޫ ލިންކް ރޯޑު ތަރައްގީކުރަން ޗައިނާ ކުންފުންޏަކަށް
އައްޑޫ ސިޓީގެ ލިންކް ރޯޑް އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
Advertisement

އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބާއި ރޯޓައިމް އިންޖިނިއަރިންގެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގް އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން، ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް ލިންކް ރޯޑް ދެ ލޭނުން ހަތަރު ލޭނަށް ފުޅާކޮށް، އެ މަގުގެ 12.3 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރާނެ އެވެ.

ރާއްޖޭގައި މަޝްރޫއުތައް ހިންގުމަށް މީގެ ކުރިން ވެސް ރޯޓައިމް އިންޖިނިއަރިންއާ މަސައްކަތްތައް ހަވާލުކޮށްފައިވެއެވެ. އެގޮތުން، ހުޅުމާލޭގެ މަގުތަައް ހެދުމުގެ މަސައްކަތް ވެސް މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެ ކުންފުންޏާ ހަވާލުކުރި އެވެ.

ލިންކް ރޯޑުގެ މަސައްކަތް ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، ހައުސިން މިނިސްޓަރު މުއްތަލިބް މީގެކުރިން ވިދާޅުވީ އެ މަގު މަރާމާތުކޮށް ތަރައްގީ ކުރަން ކުރިއަށް ގެންދަން ރޭވި މަޝްރޫއުގެ ތެރެއިން ހަދަން ނިންމި އެހެން މަގުތަކުގެ މަސައްކަތް އާރްޑީސީން ކުރިއަށްގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް