ފުލުހުން މިކަން ހާމަ ކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނެވެ.
ގެއްލުނު ފައިސާގެ ތެރެއިން އަނބުރާ ހޯދުނީ 6.6 މިލިއަން ރުފިޔާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް އާދަމް ނަވީދު ވަނީ މި ބައްދަލުވުމުގައި ހާމަކޮށްފައި އެވެ.
ރާއްޖޭގައި އެންމެ ގިނައިން ހިންގަނީ އޮންލައިން ވިޔަފާރިން ފައިސާ ހޯދާ ސްކޭމް ކަމަށާއި އެގޮތުން މިއަހަރު ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން 821 މައްސަލައަކީ ވެސް އެފަދަ މައްސަލަތައް ކަމަށް ވެސް ނަވީދު ވިދާޅުވި އެވެ.
އޭގެ އިތުރުން ދެން އެންމެ ގިނައީ ފައިސާ މާރު ކުރުމުގެ ނަމުގައި ހިންގާފައިވާ 240 މައްސަލަ އާއި ޝަހުސު އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގި 213 މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްކޭމް ނެޓްވޯކުގައި އުޅޭ ކަމަށް ފާހަގަވި 53 މީހުން ހައްޔަރުކޮށް، ދައުވާ ކުރުމުގެ މަރުހަލާގައި އޮތްއިރު އޭގެ ތެރެއިން 25 މައްސަލަ ޕީޖީއަށް ފޮނުވުމުގެ އިތުރުން ހަތަރު މީހަކަށް މިހާތަނަށް ދައުވާ ވެސް ކޮށްފައިވާ ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައި އެވެ.