ނޫސްވެރިންނާއެކު ގައުމީ ފެން ކުންފުނިން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ފަހުމީ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި މިހާރު ވެސް ކާމިޔާބުކަމާއެކު ބޭނުންކުރަމުން އަންނަ މި ޓެކްނޮލޮޖީ ރާއްޖެ އަށް ތައާރަފުކުރުމަށް ހަދަންޖެހޭ ސާވޭތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.
ފަހުމީ ވިދާޅުވީ 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފު ލޮނެއްކަމަށާއި ބޯހޯލުން ނަގާ ލޮނަށްވުރެއް ސާފުވާނެކަމަށެވެ. އަދި އޯގަނިކް މެޓަލް މަދު، މީގެ ސަބަބުން އެފިޝިއެންސީ އިތުރުވުމާއި އަދި ހަރަދު ކުޑަވާނެކަމަށް ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ މިހާތަނަށް ކުރި ދިރާސާތަކުން މި ޕްލާންޓް ގާއިމުކުރުމަށް އެންމެ އެކަށޭނަ ސަރަޙައްދެއްގެ ގޮތުގައި ދެނެގަނެވިފައިވަނީ ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑު ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ނޯވޭގެ ކުންފުނިން ފެން އުފެއްދުމުން، އެމްޑަބްލިއުއެސްސީން އެ ކުންފުނިން ފެން ގަންނާނީ އެކަށީގެންވާ ހެޔޮ އަގެއްގައި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.