ads
ހައުސިން މިނިސްޓްރީގައި ރޯވެ އަނދަނީ
3 މިނިސްޓްރީގެ ރޯވުން، ރޯވުމުގެ މާކުރިންވެސް ކަރަންޓަ މައްސަލަތައް އުޅޭ
ތިން މިނިސްޓްގައި ރީވުމުގެ މާކުރިންވެސް ހައުސިން މިނިސްޓްރީގެ ކަރަންޓްގައި މައްސަލަތައް އުޅޭކަމަށާއި އެހާތަނަށްވެސް އެކަން ހައްލުކޮށްފައި ނުވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފި އެވެ.
Advertisement

ފުލުހުން މިހާރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ތިން މިނިސްޓްރީގައި ރޯވީ ހައުސިން މިނިސްޓްރީގެ ކަރަންޓް ކޭބަލްތަކެއްގައި ރޯވެގެން ކަމަށެވެ. 

ފުލުހުންވަނީ ހައުސިން މިނިސްޓްރީގައި ރޯކޮށްލީ ބަޔަކު ގަސްތުގައިކަމަށް ބުނާ ބުނުން ދޮގުކޮށްފައެވެ. ފުލުހުން ވަނީ ހައުސިން މިނިސްޓްރީގައި ރޯވި ދުވަހުގެ ކުރީ ދުވަހުން ފެށިގެން އެ ސަރަހައްދުގައި ހުރި ސީސީޓީވީތަކުން ލިބުނު ފުޓޭޖްތަކާއި ފުލުހުންގެ ބޮޑީ ކެމް ފުޓޭޖްތައް ދައްކާލާފަ އެވެ. 

ފުލުހުން ބުނީ ތިން މިނިސްޓްރީ އެއް ރޯވެ އަނދާ ހުލިވީ ހައުސިން މިނިސްޓްރީގެ ކަރަންޓް ކޭބަލްތަކުގައި ރޯވެގެންކަމަށާއި އެ މިނިސްޓްރީގެ ކަރަންޓްގައި މާކުރިންވެސް މައްސަލަތައް ހުރިކަމަށެވެ.

ރޯވީ ކޭބަލެއްގައި ފޯމެވެސް ޖެހި 

ހައުސިން މިނިސްޓްރީގައި އަލިފާން ރޯވި ތަނެއް ހޯދަމުން ދަނިކޮށް ފެނުނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ މަތީ ފްލޯއެއްގައި ކަރަންޓް ކޭބަލެއްގައި ރޯވެފައި ހުއްޓާ ފެނުނުކަމަށް ފުލުހުން ބުނެ އެވެ. އަދި އެމްއެންޑީއެފްގެ ފަޔާ ޓީމުން ފޯމް ޖަހައިގެން އެ ކޭބަލް ނިންވާލިކަމަށް ފުލުހުން ބުނެ އެވެ. އެހެންނަމަވެސް އަލިފާން ފެތުރުނީ އެހެން ކޭބަލްތަކެއްގައި އަލިފާން ހިފައިގެންކަމަށް ފުލުހުން ބުނެ އެވެ.  

ފުޓޭޖަތައް ބެލިން،  އެއްވެސް މީހަކު އިމާރާތައް ވަންނަ ތަނެއް ނުފެނޭ

ފުލުހުން ބުނީ މި ހާދިސާހެ ތަހުގީގުގައި މިހާތަނަށް ސަރަހައްދުގައި ހުރި 14 ކެމަރާއެއްގެ 676 ގަޑިއިރުގެ ފުޓޭޖްތައް ބަލާފައިވާކަމަށެވެ. އެގޮތުން އެ އިމާރާތައް މީހަކު ވަންނަމަ އެތަނުން އެއް ކެމެރާއަށް އަރާނެކަަމަށް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް