ads
ދަރިފުޅު
ދަރިފުޅު - 56 ވަނަ ބައި
އެޕިސޯޑް 56
Advertisement

ބީނިޝް އުރަލާފައި ބައްދައިލީމެވެ. 

ލޯބިވާ ދަރިފުޅާއި ވަކިން، ދުރުގައި މިހައި ގިނަ ވަގުތު މިނޫނީ ހޭދަނުކުރަމެވެ. ކިތަންމެ ލޮބުވެތި ވަގުތުތަކެއް މާލިކްއާއެކު ހޭދަކުރެވުނަސް، ބީނިޝް ނެތް ކަމުގެ އިހްސާސް އަހަރެންގެ ނަފުސާއި ދުރަކަށް ނުދެ އެވެ. 

ބީނިޝްއަކީ މި ފުރާނައިގެ ވިންދެވެ. ހިތުގެ އެންމެ ފުންމިނުން ދަރިފުޅުދެކެ އަހަރެން ލޯބިވަމެވެ.  

އަހަރެންގެ ކަނދުރާގައި ދެއަތް އޮޅާލާފައި ނުހަނު ބާރަށް ބީނިޝް ބައްދައިލި އެވެ. ހިނދުކޮޅެއްގެ ތެރޭގައި، ކަނދުރާއި މޫނު ފޮރުވާލާފައި ނިދައިފި އެވެ. 

"ހޫމްމްމް.. ރޭގައި މިތަނުގައި ހިނގާފައި މިއޮތީ ކިހައިވަރެއްގެ ހާދިސާއެއް؟" ލޮލުގެ އިޝާރާތުން ސަންދަލް އާއި ބޭބެއަށް ގޭތެރެ ދައްކައިލަމުން އަހަރެން ސުވާލު ކުރީމެވެ.  

ދެ ބުމަ އަރުވައިލި ގޮތުންނާއި މޫނުމަތީގެ ސީރިއަސްކަން ފެނުމުން ބޭބެ ހިންދިރުވާލިކަން އެނގުނެވެ. 

"މިއީ ހަމަ ބީނިޝްގެ ކަންތައް.. ރޭގައި ނިދީ މެންދަމު ދޭއް ޖަހަންދެން.. އެ ހޭލިގޮތަށް އެހެން މީހަކުވެސް ނިދިޔަ ނުދިން.. މަންމަ ނެތީމައި ޕާޓީ ބާއްވަން ބީނިޝް ބޭނުންވީމައި އަހަރެންނާއި ސަންދަލްއަށް ޖެހޭނީ އެކަން ކޮށްދޭން ދޯ.. މެންދަމު އޯޑަރ ކުރީމައި ކާއެއްޗެހި އައީ ވަރަށް ލަހުން.. ގެނައި ޕިއްޒާ ފޮއްޓަކުން 'ސްޕައިޑަރ'އެއް ނިކުތީ އަހަރުމެން ދައުވަތު ދީގެނެއް ނޫން.. އެސޮރުގެ ގަޔަށް ވުރެން މެދުހަށި މާ ބޮޑު.. ވަރަށް ބިރުވެރި ސިފަޔަކަށް އޮތް ސްޕައިޑަރއެއް އެއީ.. އެހެންވެ އޭތި ދެކެ ބިރުން އަހަރުމެން ސަލާމަތްވާން އުޅެނިކޮށް ވެފައި އޮތް ގޮތެއް ކަމަށް ވާނީ.." ލޮލުގެ ކަޅި އެކި މިސްރާބުތަކަށް އަނބުރަމުން  ބޭބެ މަސައްކަތް ކުރީ ގޭތެރެ އޮތް ހާލަތީ، ގޭގައި ތިބި ތިން މީހުންގެ ކުށެށް ނޫންކަން ސާބިތުކޮށްދޭންކަން އެނގެ އެވެ. ހުރިހައިވެސް ކުށަކީ އެބުނާ، ގަޔަށްވުރެން މެދުހަށި ބޮޑު ފައިދިގު މަކުނެވެ.

"ސީރިއަސްލީ... މި ގޭގައި ރޭގައި ތިބި ތިން މީހުން ނޫން އެހެން އެންމެންނަނީ މޮޔައިންތަ؟" އުނަގަނޑުގައި އަތް ވިއްދާލާފައި އަހަރެން ބުނެލީމެވެ.

"ނޫނޭ ކައިރާ... އަސްލުވެސް އެ މަކުނު ހަމަ ވަރަށް ބޮޑު.. އޭތި އުޅުނީ އަހަރުމެން ކާލަން.. ވިހި ވަރަކަށް ފައި އިންހެން ހީވަނީ... މި ބުނީ...  އެ ސްޕައިޑަރގައި... ނޫންތަ.؟" ސަންދަލް ދޯ ދިނީ ބޭބެ އަށެވެ. ހަމަ ވަގުތުން އެއްބަސް ވި އެވެ. 

ސަންދަލްސް ވެސް ގޭތެރޭގެ ހާލަތު ދިފާއު ކުރުމަށް މަސައްކަތް ފެށި އެވެ. މަންޒަރު ފެންނަ ގޮތުން ހީވަނީ މިއީވެސް ރޭގައި ލިޔުނު ސްކްރިޕުޓުން ބައެކެވެ. 

އަހަރެންގެ ކޮންމެ ސުވާލަކަށް ގެންނާނެ ހަރަކާތް މި ތިންމީހުން ވަނީ ރާވާ ނިންމާފަ އެވެ.

"ޔެސް.. އިޓް ވޯޒް ބިގް ބިގް.. ލައިކް ޔޯ ފޭސް މަންމާ.. މަންމަގެ ފޭސް އަށް ވުރެންވެސް މާ ބިގް ބިގް" އަހަރެންގެ މޫނަށް ބަލައިލާފައި ބޭބެގެ މޫނަށް ބަލައިލަމުން ބީނިޝް ބުނެލި އެވެ. 

ހައިރާންކަން ލިބުނީ މި ކުޑަކުޑަ އިންސާނާވެސް ބޭބެއާއި ސަންދަލްގެ ރޭވުމުގައި ބައިވެރިވެފައިވާލެއް މޮޅުކަމުންނެވެ. ނުވަތަ ބީނިޝްގެ ރޭވުމުގައި ބޭބެއާއި ސަންދަލް ޝާމިލްކުރުވާލާފައިވާލެއް ކުޅަދާނަކަމުންނެވެ. 

"ހެއި ގަރލް!!! މަންމަގެ މޫނާއި އެއްގޮތް ތި ކުރަނީ ފައިދިގު މަކުނަކާއި..؟" ނުރުހޭ ގޮތް ދައްކައިލަމުން އަހަރެން ވާހަކަދެއްކީ ބީނިޝް އާއި އެވެ.

"ގަރލް އިފް ޔޫ ސީ ސްޕައިޑަރ ޔޫ ވުޑް ސޭ ޔެސް ޓޫ.." ބީނިޝްއާއި އެއްބައިވުމަށް ސަންދަލް އާއި ބޭބެއަށް ބީނިޝް އިޝާރާތްކޮށްލި އެވެ. 

"ބީނިޝްޝްޝޝ.." އަހަރެންގެ ދެ ލޯ ބޮޑުކޮށްލާފައި ބީނިޝްއާއި ދިމާކޮށްލީމެވެ. 

ހަމަ އެވަގުތު އަހަރެންގެ ގާތުގައި ނީންނާން ވެގެން މާލިކްއަށް އަތް ދިއްކޮއްލީ ބީނިޝް އުރާލުމަށް އެދި އެވެ. އެއީ ލަހެއް ފަހެއް އޮންނާނެ ކަމެއް ނޫންކަން މިތަނުގައި ތިބި އެންމެން ހެކިވާނެ އެވެ. ހަމަ ވަގުތުން މާލިކް އުރައިލާފައި ބައްދާލި އެވެ. 

އަހަރެންގެ ޓީމުގައި އެކަނި ވީ އެވެ. 

އެހެން އެންމެން އެއްބައިވެ ޓީމް ހެދީ އެވެ. 

މުޅި ގެ ސާފުކުރަންޖެހޭނީ އަހަރެން އެކަނިކަމަށް ސިކުނޑި ސިގުނަލް ކުރި އެވެ. އެއިގެ ކުރީން ހެނދުނުގެ ނާސްތާ ތައްޔާރުކުރުން މާ މުހިއްމެވެ. 

ބަދިގެއަށް ވަދެ، ކުޑަގޮތަކަށް ތަންތަން ހަމަޔަކަށް އަޅުވައިލާފައި ސައި ތައްޔާރުކުރާން ފެށީމެވެ. މޭޕްލްސިރަޕް އަދި ސްޓްރޯބެރީ ސިރަޕްއާއެކު ޕޭން ކޭކް ބީނިޝްއަށް ވަރަށް ކަމުދާނެ އެވެ. 

އެންމެ ފުރަތަމަ އައިޓަމްއަކީ އެއީ އެވެ. އޭގެ ފަހުގައި މާލިކްއާއި ބޭބެއަށް ސްކްރަމްބަލްޑް އެގް އަދި އެވޮކާޑޯ ޓޯސްޓް އެވެ. އަހަރެންނާއި ސަންދަލްއަށް ސަނީ ސައިޑް އެގް އަދި ޓޯސްޓާއެކު ބީފް ލަންޗް އެންޑް މީޓް އެވެ. 

"މަންމާ.." ނުހަނު ގާތުން އަހަރެންގެ ވިންދުގެ އަޑު އިވުނެވެ.

"ލައްބަ މަންމަގެ ޖާން" ދުވެލާފައި އައިސް އަހަރެންގެ ފައިގައި ބައްދައިލި އެވެ.

"ސީކްރެޓް އެއް ބުނެލަން ވެގެން" ވަރަށް މައުސޫމްކޮށް ދެ ލޮލުގެ އެސްފިޔަތައް ތަޅުވާލާފައި ބުންޏެވެ.

ސިއްރު ވާހަކަ ބުނެލުމަށް އެދި އަހަރެންގެ ދަރިފުޅާއި އެއްހަމައަކަށް ތިރިވެ، ކަންފަތް  ގާތްކޮށްލީމެވެ.

"ބީނިޝް އިޒް އޮން ޔޯ ސައިޑް ސީކްރެޓްލީ ރެމެމްބަރ" ލިބުނު އުފަލުގައި ދެ ލޯ ފެންކަޅިވިއިރުވެސް ނޭގުނެވެ. 

ދަރިންނަށްވުރެން ބޮޑު ނިއުމަތެއް ދުނިޔޭގައި ލިބޭނެ ހެއްޔެވެ؟ އަހަރެންގެ ދަރިފުޅު އަހަރެން ދެކެ އިންތިހާއަށް ލޯބިވޭ އެވެ. އެންމެންނާއި ސިއްރުން ބަދިގެއަށް އެއައީ އަހަރެން ދެރަވެފައި ހުރެދާނެތީ އެވެ. އަހަރެންނާއި އެއް ޓީމެއްގައި ހުރި ކަން، ހާމަކޮށްދިނުމަށެވެ. އަލްހަމްދު ލިއްލާލި އެވެ!

"އައި ޑޫ ބޭބީ"

"މަންމާ ސޭޑް؟"

"ނޯ ސްވީޓީ، އައި އެމް ނޮޓް"

"ޑިޑް ޔޫ ސޭ ޔެސް ޓު ބައްޕަ؟" ވަރަށް މަޑުމަޑުން ބީނިޝް އަހައިލި އެވެ. އަހަރެންގެ ދެ ކޯތާފަތް ރަތްވީ ލަދުންބާ އެވެ؟

"އައި ޑިޑް، ވެއިޓް ބީނިޝް ގާތުގައި ބައްޕަ އެހިތަ؟''

"ބައްޕަ ޕަރމިޝަންއަށް އެހީ ބީނިޝްއާއި ފަހަދު ކައިރީގައި.. ބީނިޝްއަށް ހަދިޔާއަކަށް ދިނީ ޗޮކްލެޓްސް"

"އޯ-ކޭ.. ބައްޕަ އިޒް ދަ ބެސްޓް.. ދެޓްސް ސޯ ސްވީޓް އޮފް ހިމް"

"ޔެސް، ޗޮކްލެޓް ވޯޒް ސްވީޓް" ނުހަނު ލޯބިން ހެމުން ބީނިޝް ބުނެލި އެވެ.

"މަންމަގެ ޖާން، ޑިޑް ޔޫ މިސް މީ ލާސްޓް ނައިޓް"

"ނޯ" ނުހަނު ލޯބިން ހެމުން ބުންޏެވެ.

ބީނިޝްގެ ޖަވާބުން އަންތަރީސްވެ، އަހަރެންގެ އަނގަ ހުޅުވުނެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް