ads
ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް
ސައުދީގެ އިންވެސްޓްމެންޓްތަކަށް ރާއްޖެއިން ފަހި މާހައުލެއް ގާއިމުކޮށްދޭނެ: ރައީސް
ސައުދީ އަރަބިއްޔާއަކީ ހަމައެކަނި ތަރައްގީގެ އެހީދޭ ގައުމެއްގެ ގޮތުގައި ނުބަލައި، އިންވެސްޓްމަންޓާއި ވިޔަފާރީގެ ދާއިރާއިން ދެގައުމުގެ އިގްތިސާދީ ބައިވެރިވުން އިތުރަށް ފުޅާކުރުމަށް ރާއްޖެ ތައްޔާރަށް އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދީ އޮނިގަނޑަށް ގެންނަން ބޭނުންވާ ބޮޑު ބަދަލުގައި ސައުދީގެ ހިއްސާ އިތުރުކުރުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް ސަރުކާރުން ފުރިހަމަކުރާނެ ކަމަށެވެ.

"ސައުދީ އަރަބިއްޔާގެ ބޮޑެތި އިންވެސްޓްމެންޓްތަކާއި ތަރައްގީގެ ޕާޓްނަޝިޕްތަކަށް މަރުހަބާ ކިޔަން ދިވެހިރާއްޖެ އޮތީ ތައްޔާރަށް." ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއިން ރާއްޖޭގައި ބޮޑު މަޝްރޫއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުށަހެޅި އެވެ. ފ. އަތޮޅުގައި ހިންގަން އުޅުނު އެ މަޝްރޫއު ހުއްޓާލީ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުންތަކާއި ދެކޮޅުހެދުންތަކާ ހެދި އެވެ. 

ސައުދީ އަރަބިއްޔާއާ އެކު ރާއްޖެއިން ސޮއިކުރި ޗާޓާ އޮފް މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް މުއާހަދާއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގައި ވާސިލުވި މުހިއްމު މައިލްސްޓޯން އެއްގެ ގޮތުގައި ރައީސް މުއިއްޒު މިރޭ ފާހަގަކުރެެއްވި އެވެ.

އޭގެ ތެރޭގައި ފަތުރުވެރިކަމާއި، އުމްރާނީ ތަރައްގީއާއި، ގެދޮރުވެރިކަމާއި، ސިއްހީ ދާއިރާ އާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، ލޮޖިސްޓިކްސް އަދި އެނޫންވެސް ކުރިއަރަމުން އަންނަ ދާއިރާތައް ހިމެނޭ ކަމަށް މުއިއްޒު ވިދާޅުވި. އެ ދާއިރާތަކުން ބޮޑެތި ފުރުސަތުތަކެއް މުސްތަގުބަލަށް ފެންނަން ހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ސައުދީ އަރަބިއްޔާ އާއެކު މަސައްކަތްކުރަން ތައްޔާރަށް ތިބީ ހަމައެކަނި ތަރައްގީގެ އެހީ ލިބިގަންނަ ފަރާތެއްގެ ގޮތުގައި ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ ބަދަލުގައި އިންވެސްޓްމަންޓާއި، ވިޔަފާރީގެ ދާއިރާއިން މަސައްކަތް ކުރަން އެދިވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް