ads
އެމްއެމްއޭ ބިލްޑިންގ - ފޮޓޯ: އެމްއެމްއޭ ފޭސްބުކް
އެމްއެމްއޭގެ ރިސާޗް ގްރާންޓަށް ކުރިމަތިލާން ހުޅުވާލައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދިރާސާ ފަންޑުގެ ދަށުން މި އަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ހިލޭ އެހީއަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ރަސްމީކޮށް ހުޅުވާލައިފި އެވެ.
Advertisement

ޖުމްލަ ފަސް މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ހުޅުވާލި މި ފުރުސަތުގެ ދަށުން އިންޑެޕެންޑެންޓް ރިސާޗު ގުރާންޓާއި ފޮތް ލިޔުމުގެ ގުރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. 

މި ގްރާންޓްތައް ދޫކުރުމުގައި އެންމެ ބޮޑަށް އިސްކަންދޭނީ އެމްއެމްއޭގެ މަގްސަދުތަކާ ގުޅުންހުރި އަދި ގައުމަށް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށެވެ. އެގޮތުން އިގުތިސޯދީ ހަމަޖެހުމާއި، މަނިޓަރީ ސިޔާސަތު، މާލީ ދާއިރާގެ ވިލުންވެރިކަން، ޑިޖިޓަލައިޒޭޝަން އަދި ފިންޓެކް ފަދަ ދާއިރާތައް ހިމެނެ އެވެ. އޭގެ އިތުރުން ފަތުރުވެރިކަމާއި ދެމެހެއްޓެނިވި އިގުތިސޯދު، އިސްލާމީ މާލިއްޔަތު، ވަޒީފާގެ ބާޒާރު، ބޯހިޔާވަހިކަން، އަދި ސިއްހީ ދާއިރާގެ އިތުރުން ދައުލަތުގެ ހަރަދުތަކާ ގުޅޭ ދިރާސާތަކަށް ވެސް ފުރުސަތު އޮންނާނެ އެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މި ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރުދުންނަށާއި، ތައުލީމީ އިދާރާތަކުގެ އިތުރުން ތިންކު ޓޭންކުތަކަށް ވެސް ވަނީ ހުޅުވާލެވިފަ އެވެ. ނަމަވެސް، މި ފަންޑަށް ހުށަހަޅާ ޓީމުތައް ލީޑުކުރާ ފަރާތަކީ މާސްޓާސް ޑިގްރީއެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހެ އެވެ. 

މި ގްރާންޓް މައިގަނޑު ގޮތެއްގައި އަމާޒުކުރެވެނީ މަނިޓަރީ ޕޮލިސީ، ފައިނޭންޝަލް ސްޓެބިލިޓީ، މެކްރޯ-އިކޮނޮމިކްސް، ބޭންކިން އަދި އިސްލާމިކް ފައިނޭންސް ފަދަ ދާއިރާތަކަށެވެ.

މީގެ މައިގަނޑު ބޭނުމަކީ ޢިލްމީ ދިރާސާތަކުގެ އެހީގައި އިގްތިސާދީ ސިޔާސަތުތައް ބައްޓަންކުރުމަށް މަޢުލޫމާތު އެއްކުރުމާއި ދިރާސާކުރުމުގެ މާހައުލެއް ގާއިމުކުރުމެވެ.

މި ފުރުޞަތުގައި ދިރާސާވެރިންނާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ ދަރިވަރުން އަދި އެކަޑެމިކް ފަރާތްތަކަށް ބައިވެރިވެވޭނެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް