ads
ހުޅުމާލެ ރުއްގަނޑު 2 ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ގޮތުގެ ޕްލޭން ކުރެހުމެއް - ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ހުޅުމާލޭގެ ރުއްގަނޑު 2 ސަރަހައްދުގައި އޮތް ހުސްބިމުގައި، މުނިފޫހިފިލުވުމަށް ހާއްސަކޮށް ޒަމާނީ ފެންވަރުގެ ބޯލިން އެރީނާއަކާއި ގޭމިން އާކޭޑެއް ހަދަން ސަރުކާރުން ނިންމައިފި އެވެ.
Advertisement

އެޗްޑީސީން ބުނި ގޮތުގައި މި މަޝްރޫއުގެ މަގުސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުމެވެ.

އެގޮތުން، މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި 10 ލޭނުގެ ބޯލިން އެލީއަކާއި، ގޭމިން އާކޭޑެއްގެ އިތުރުން ޕާޓީތަކާއި އިޖުތިމާއީ ހަރަކާތްތަކަށް ބޭނުންކުރެވޭނެ މަލްޓި ޕާޕަސް ހޯލެއް ގާއިމުކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

your imageހުޅުމާލެ ރުއްގަނޑު 2 ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ނިންމާފައިވާ ގޮތުގެ ކުރެހުމެއް - ފޮޓޯ: އެޗްޑީސީ

އެ ސަރަހައްދުގައި މަޑުކޮށްލައިގެން ކުޅިވަރު ބަލަން ތިބެވޭނެ ފަދަ ގޮތަކަށް އެތަން ތަރައްގީކުރާއިރު ލޮކަރު ރޫމަކާއި، އާންމު ފާހާނާ ބަރިއެއްގެ އިތުރުން، މޫދުން އައިސް ފެންވެރޭނެ އިންތިޒާމާއި ޕާކިން އޭރިއާއެއްވެސް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެއްޓާއި އެ ސަރަހައްދުގެ އަތިރިމަތި އަދި އެތަނުގައި މިހާރު ހުރި ގަސްގަހާގެއްސަށާއި މާހައުލަށް މާބޮޑު ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ ގޮތަކަށް ތަން ޑިޒައިން ކޮށްގެންނެވެ.

އެ ބަދަލުގެ ސަބަބުން ހުޅުމާލޭގެ ރަށްވެހިންނާއި އާއިލާތަކަށާއި ޒުވާނުންގެ އިތުރުން އެ ތަނަށް ދާ ޓޫރިސްޓުންނާއި ރަށްރަށުން ޒިޔާރާތްކުރާ އެންމެންނަށް ވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގައި ބައިވެރިވެވޭނެފަދަ އުފާވެރި އަމާން މާހައުލެއް ގާއިމް ވާނެ ކަމަށް އެޗްޑީސީން ދެކެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް