ސޯޝަލް މީޑިއާގައި އިސްލާމް ދީނާ ދެކޮޅަށް ކުރި ޕޯސްޓެއްގެ މައްސަލާގައި ސައޫދީ އަރަބިއްޔާގައި މަރުގެ ހުކުމް އިއްވާފައިވާ ސްރީލަންކާގެ އަނޯޖަން ސިވަރާސާ އަށެވެ.
ސްރީ ލަންކާގެ ނިއުސްވަޔާ ލަންކާ ނޫހުގައި ބުނީ އެމީހާގެ ސަލާމަތްކުރަން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިކަމަށް ލަންކާ ސަރުކާރާއި ހަވާލާދީ އެ ނޫހުގައި ވެއެވެ.
މުސްލިމް އުއްމަތަށް ނިސްބަތްކޮށް ސިވަރާސާ ދައްކާފައިވާ ވާހަކަތަކުގެ ނުރައްކާތެރިކަން ނަޝީދު ފާހަގަކުރެއްވިކަމަށް އެ ނޫހުގައި ވެއެވެ. އެހެންނަމަވެސް އިންސާނީ ކަރާމާތަށްޓަކައި އެ ޒުވާނާގެ ފުރާނަ ސަލާމަތްކުރަަން ކުރާ މަސައްކަތްތަކަށް އެހީތެރިވެ ދެއްވާނެކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވާފައިވާކަމަށް އެ ނޫހުގައި ވެއެވެ.
މި މައްސަލާގައި ސައޫދީ އަރަބިއްޔާއަށް ފޮނުވާ ހާއްސަ ޑިޕްލޮމެޓިކް މަންދޫބުންނާ ރައީސް ނަޝީދު ބައްދަލުކުރައްވާފައިވާކަމަށްވެސް އެ ނޫހުގައި ވެއެވެ. އަދި އެކަމުގައި ރައީސް ނަޝީދު ވަރަށް އަވަހަށް ސައުދީއަށް ވަޑައިގަންނަވާނެކަަމަށްވެސް އެ ނޫހުގައި ވެއެވެ.