ސްކޫލްގައި ކިޔަވާ ދަރިވަރުންގެ އަހުލާގު ހިފެހެއްޓުމާއި ގުޅޭގޮތުން ވާދޫ ކައުންސިލުން މިއަދު ނެރުނު އެންގުމެއްގައި ބުނީ ކުށް މަދު ހޭލުންތެރި މުޖުތަމައެއް ބިނާ ކުރުމަކީ ވާދޫ ކައުންސިލްގެ މައިގަނޑު އެއް ލަނޑުދަނޑިއަށް ވީ ހިނދު މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ހުރި ގޮންޖެހުންތައް ދެނެގަނެ އެ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދުމަށް ބޭނުންވާކަމަށެވެ.
އެގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަށް މަދުރަސީ ދައުރުގައި ކުދިންނަށް ދެވޭ ތަރުބިއްޔަތާއި މުހިއްމު ރޯލެއް އަދާކުރާއިރު މި ކުޑަކުޑަ މުޖުތަމައުގެ ބައެއް ދަރިވަރުންގެ ފަރާތުން ކަންބޮޑުވާންޖެހޭ ފަދަ އަމަލުތަކެއް ފެންނަމުންދާކަން ހިތާމަޔާއިއެކު ފާހަކުރާކަމަށް ކައުންސިލުން ނެރުނު އެންގުމުގައި ވެއެވެ. އެހެންކަމުން ފާހަގަކުރެވުނު މައްސަލަތަކަށް ރިއާޔަތްކޮށް އެކަންކަން ހައްލުކުރުމަށް ކައުސިލުން ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފަ އެވެ.
ކައުންސިލުން އަޅަން އެދުނު ފިޔަވަޅުތައް
ކައުންސިލުން އެންގި ގޮތާއި ހިލާފުވާ ދަރިވަރުންގެ ކަންކަން މިހާރަށްވުރެ ގާތުން ބަލައި ހަރުދަނާ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށް ވާދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.
" މި ފުރުސަތުގައި ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ސްކޫލް ކުދިންގެ އަމަލުތައް ބެހެއްޓުމަށް ހަނދާންކޮށްދީ ނަސޭހަތްތެރިވަމެވެ. އަދު ކުދިންގެ މިފަދަ ކަންކަމުގައި އިތުރަށް ފަރުވާތެރިވުމަށް ބެކެނިވެރިންނަށް އިލްތިމާސްކުރަމެވެ. " ކައއުންސިލުން ބުނެ އެވެ.